ސެޕްޓެމްބަރު މަހު 16ވަނަ ދުވަހަކީ ހަމަ ގައިމުވެސް އާމިނަތު ރަޝްފާ (އާޝާ)އަށް އެންމެ ޚާއްޞަ އެއް ދުވަހެވެ. އެ ދުވަހަކީ މީހުންގެ ހިތްތައް ޝިކާރަކޮށްލާ ފަދަ ހިތްގައިމު އާޝާގެ އުފަންދުވަހެވެ. އުފަންދުވަހާ ދިމާކޮށް އާޝާގެ ފޭނުންނަށް ހަދިޔާއެއް ދިނުމަކީ އާޝާ ޓްރެންޑަކަށް ހަދާފައިވާ ކަމެކެވެ. އެގޮތުން 16 ސެޕްޓެމްބަރު 2021ގައި އާޝާގެ ފޭނުންނަށް ދޫކޮށްލީ ވަރުގަދަ ”ޝިކާރަ“އެކެވެ.
އުފަންދުވަހާ ދިމާކޮށް އާޝާ ޕްރޮޑިއުސްކޮށް ކުޅުނު ދެވަނަ ވީޑިއޯ ލަވަ ”ޝިކާރަ”އަށް މިއަދު މިވަނީ ރެކޯޑް އަދަދަކަށް ވިއުޒް ލިބިފައެވެ. މިލިޔަނަށްވުރެން ގިނަ މީހުން އާޝާގެ ”ޝިކާރަ“ ބަލާފައިވާ ކަމަށް ޔޫޓިއުބްގެ ތަފާސްހިސާބު ދައްކައެވެ.
”ޝިކާރަ“ މިއީ މޭކަޕްކުރުމަށް، ހެދުން ޑިޒައިންކޮށް ފެހުމަށް މަޝްހޫރު ޙުސައިން ހާޒިމް (ސޭންޑީ)ގެ އަލަތު ޑައިރެކްޝަން އެވެ. މިހާރު އެކްޓިން އިން ވެސް ވިދަން ފަށާފައިވާ ސޭންޑީގެ ޑައިރެކްޝަންއާއެކު މި ލަވައަށް ދިރުން ގެނެސްދީފައިވަނީ އާޝާގެ ހުނަރުންކަން ގައިމެވެ.
ޓިކްޓޮކުން ވިދައިލުމަށްފަހު ދިވެހި ފިލްމު ”ގޮށްރާޅު“ން ފިލްމީ ދާއިރާއަށް ނުކުތް އާޝާގެ ”ޝިކާރަ“ އަކީ ކޮލިޓީ، މޮޅު، ރީތި ލަވައެކެވެ. ލަވައިގެ ވީޑިއޯއިން އާޝާގެ އިތުރުން އަޙްމަދު އީސާ (އާނަންދު) ފެންނަނީވެސް މުޅީން ތަފާތު ލުކެއްގައެވެ. މީގެ އިތުރުން ހުނައިޝާ އާދަމް (ހުނޫ) ވެސް މި ލަވައިން ފެނިގެންދެއެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްއާއި މަރިޔަމް އަޝްފާގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ ”ޝިކާރަ“ ލަވައިގެ ރާގާއި ޅެން ތައްޔާރުކޮށްދީފައިވަނީ އަޝްފާގެ ފިރިމީހާ، މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޅެންވެރިޔާ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ) އެވެ. މިއުޒިކް ތައްޔާރުކޮށްދިނީ ޙުސައިން ތައުފީޤެވެ.
”ޝިކާރަ“ ލަވައިގެ ކެމެރާއާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ލައިޓްސް އައުޓްއިން ކޮށްދީފައިވާއިރު، ކޮސްޓިއުމް ތައްޔާރުކޮށްފައިވަނީ ރަޒީނާ ތައުފީޤާއި ޙުސައިން ހާޒިމް (ސޭންޑީ) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




