ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނީނާ” އަކީ ކޮންމެ އަންހެނަކުމެ ބަލަންޖެހޭ ފިލްމެއް – އައިންތު ޢަލީ (އާނީ އެސޯސިއޭޓްސް)

ފިލްމު “ނީނާ“ގެ ޕްރިމިއާ ޝޯގައި ފިލްމު ބެލުމަށްފަހު “ނީނާ” އަކީ ކޮލިޓީ މާސްޓަރ ޕީސް ފިލްމެއް ކަމަށް މުނިއަވަސް އިން ރިޕޯޓްކުރީ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަށް ވާތީއެއް ނޫނެވެ. މުނިއަވަސް އިން ފިލްމެއްގެ ވާހަކަވިޔަސް، އެކްޓަރެއް، ޑައިރެކްޓަރެއް އަދި ޑައިރެކްޝަންއެއްގެ މޮޅު ވާހަކަވިޔަސް ރިޕޯޓްކުރަނީ ވަރަށް ޒިންމާދާރުކަމާއެކު ކަން އޮތްގޮތް ބަޔާންކުރުމަށެވެ.

ކުރިން މި އިޝާރާތްކުރެވުނު ޚަބަރުގެ ކުޑަ ތަންކޮޅެއް އަނެއްކާވެސް ހިއްސާކޮށްލާނަމެވެ.

“ޙަޤީޤަތަކީ މި ފިލްމުގެ ސަޅި ވާހަކަދެއްކުން ނޫން އެހެންކަމެއް، އެހެން ވާހަކަތަކެއް ދެއްކެން ހަމަ ނެތެވެ. އެކަން މި ފިލްމު ބެލި ފަރާތްތަކުން މީޑިއާތަކަށް ދިން އިންޓަވިއުތަކުގެ އިތުރުން، ކުރިއަށް މިއޮތް ވަގުތުތަކުގައި މީސްމީޑިއާގެ މަންސަތައް މެދުވެރިކޮށް ދޭ ކޮމެންޓްތަކުން އެނގިގެންދާނެ އެވެ.

“ނީނާ” އަކީ ކޮލިޓީ މާސްޓަރ ޕީސް ފިލްމެއް ޚަބަރުން

ޚަބަރުގައި އިޝާރާތްކުރެވުނު ފަދައިން ފިލްމު “ނީނާ” ބެލި އެތަކެއް ބައެއްގެ ކޮމެންޓްތައް މީސްމީޑިއާގެ މަންސަތަކާއި ފިލްމުގެ ޕްރޮޑިއުސަރުން، ޑައިރެކްޓަރު އަދި ކާސްޓުންނަށް ލިބެމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. ހުރިހައި ކޮމެންޓެއްގައި ވެސް ހުރީ ފިލްމުގެ މޮޅު ވާހަކައެވެ. ރީތި ވާހަކައެވެ. އެ ހުރިހާ ކޮމެންޓްތަކުން ހަމަ ކޮންމެ ކޮމެެންޓެއްވެސް ވަރަށް މުހިންމެވެ. ނަމަވެސް ރާއްޖޭގެ މަޝްހޫރު ބްރޭންޑް ނަމެއް ކަމަށްވާ ‘އާނީ އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް‘ގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ޢަލީ ދެއްވާފައިވާ ކޮމެންޓަކީ މާބޮޑަށްވެސް ފާހަގަކޮށްލެވޭ ކޮމެންޓެކެވެ.

“ދިވެހިރާއްޖޭގެ މުޖުތަމަޢު މިހާރު އޮތް ޙާލަތު “ނީނާ” ފިލްމުން ދައްކުވައިދޭ.

“ރޫޅިފައިވާ ޢާއިލާ، މަސްތުވާތަކެއްޗާއި، އަނިޔާއާއި، ގޭންގް ރޭޕާއި، މަރުގެ މައްސަލައާއި، ޝިކާރައަކަށްވާ މީހުންނާއި ޝިކާރައަކަށްވާ މީހުންނަށް ދުވަހަކުވެސް އެކަށީންވާ އިންސާފު ނުލިބި މަދު ވޯޓްކޮޅެއް ހޯދުމުގެ ދަހިވެތިކަމުގައި ކުށްވެރިންނަށް މިނިވަންކަން ލިބޭ ފަސާދަވެފައިވާ މުޖުތަމަޢުއެއް (މި ފިލްމުން ވަރަށް ރަނގަޅަށް ދައްކުވައިދޭ).

މިއީ ބާރުވެރި އަންހެނަކު، އެއްވެސް ޖެހިލުންވުމެއް ނެތި އަނިޔާއާ ދެކޮޅަށް ތެދުވެ މަސައްކަތްކުރާތަން ފެނިގެންދާ ‘މާސްޓަރޕީސް’އެއް.

އަންހެނެއް އަދި މަންމައަކަށް ވާތީ އަހަންނަށް ވަރަށް އަސަރުކުރި. އަހަރެން ގިނަ ވަގުތު ނޭވާ ހިފަހައްޓައިގެން އިންއިރު، ފެންނަމުން ދިޔަ މަންޒަރުތައް މުޖުތަމަޢުއާ ގުޅުންހުރިލެއް ބޮޑުކަމުން އަހަންނަށް ހަޅޭއްލަވައިގެނެވި ރޮވުނު.

އިލްޔާސް ވަހީދުގެ މާސްޓަރޕީސް ސްޓޯރީލައިނަށް އަހަރެން ސާބަސްދެން.

ފެށިގެންގޮސް ނިމެންދެންވެސް އެއީ ބިރުވެރި-ޝައުޤުވެރިކަމެއް ފެންނަ ފިލްމެއް.

ފިލްމުގައި ބައިވެރިވި ހުރިހާ ތަރިން، ވަކީން ޚާއްޞަކޮށް އިސް ބަޠަލާ ނުޒުހަތު ވަރަށް މޮޅަށް މަސައްކަތްކޮށްފައިވޭ.

އެންމެފަހުން އަހަރެންގެ ޢަލީ އިނާޒް (ދަރިވަރު) އެކްޓްކުރަނިކޮށްވެސް ފެނިއްޖެ. އިއްލެއާ މެދު އަހަރެން ވަރަށް ބޮޑަށް ފަޚުރުވެރިވަން. 👏👏

އެހެން ގޮތަކުން އެ އިހުސާސްތަކާއި، ވަރުގަދަކަމާއި، ހަގީގަތާއި ގުޅުވާލާފައިވާ މިންވަރު އަލުން ކިޔައިދެވޭކަށް ނެތް.

“ނީނާ” އަކީ ކޮންމެހެން ބަލަންޖެހޭ ފިލްމެއް، ވަކީން ޚާއްޞަކޮށް ކަނބަލުން.

އާނ، އަހަރުމެން އަނިޔާވެރިކަމަށް ބޮލެއް ނުލަނބާނަން އަދި ކިއެއްތަ އިންސާފުހޯދުމަށް މަސައްކަތްކުރާނަން. “މިކަމަށް ސަމާލުވެ ތިބޭތި”

– އައިންތު ޢަލީ (އާނީ އެސޯސިއޭޓްސް)

އައިންތު ޢަލީ ފަދަ ފަންނުވެރި، ހުނަރުވެރި މުދައްރިސެއް، މުދައްރިބެއް އިނގިރޭސި ބަހުން ލިޔުއްވާފައިވާ ޢިބާރާތްތަކެއް ދިވެހިބަހުން މި ލިޔެލީ ޖެހިލުންވެ އިނދެއެވެ. ނަމަވެސް، އައިންތު ޢަލީގެ މެސެޖް ރަނގަޅަށް ތަރުޖަމާކުރެވުނު ކަމަށް އުއްމީދު މި ކުރަނީ އެ މެސެޖްގެ ހަމަ ކޮންމެ އަކުރަކީވެސް މި ފިލްމާމެދު ހަސަދައެއް ނުލައި ޚިޔާލެއް ހިއްސާކުރާ ކޮންމެ މީހަކުވެސް އެއްބަސްވާނެ ކަންތައްތަކެއް ކަން ފާހަގަކޮށްލަމުންނެވެ.

ފިލްމު “ނީނާ” އަކީ ހަމަ ޙަޤީޤަތުގައިވެސް ކޮންމެ އަންހެނަކުމެ ބަލަންޖެހޭ ފިލްމެކެވެ. ވަކީން ޚާއްޞަކޮށް އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުން މި ފިލްމު ނުބަލައި ދޫކޮށްނުލުމަށް ފިލްމު ބެލި މީހެއްގެ ހައިސިއްޔަތުން ޚިޔާލުދެމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ރީމް3 އަހަރު ކުރިން

ކޮންމެ އަންހެނެއް އެކަންޏެއް ނޫން. މިއީ ގަޓްވެފަ އުޅޭ ފިރިހެެން އާލާތުންވެސް ބަލަން ޖެހޭ ފިލްމެއް.

ސީނާ3 އަހަރު ކުރިން

އަސްލުވެސް އިއްލެ ޕްރޫފްކޮށްދީފި އިއްލެ އަށް މިކަން ކުުރެވޭނެކަން. މި ފިލްމު އިއްލެގެ ފުރަތަމަ ފިލްމު ބަވަތިއަށް ވުރެން 100 ގުނަ ކީއްކުރަން 1000 ގުނަ ސަޅި

ޗެން3 އަހަރު ކުރިން

އެއްކަލަ ޓިޕިކަލް ދިވެހިން. ފިލްމު ނުބަލާ އެނގޭތަ ތިހެން ޖަޖްކޮށްލަން. އަހަރެން މި ފިލްމު ބެލިން. މިއީ މިހާތަަނށް ރާއްޖޭގެ ރެކޯޑް

ގުއި3 އަހަރު ކުރިން

އެމްއެފްއޭ ބޮޑުން ލަދެއްވެސް ނުގަނޭތަ އަޅެ. އެމްއެސްޕީއޭ އިންވެސް މި ދާއިރާއަށް މާ ބޮޑެތި ޚިދުމަތް އެބަ ކުރޭ. އެނީވޭސް .... ޔޫއްޕެއަށް ވަަރަށް މަރުހބާ

ވޯންޓެޑް3 އަހަރު ކުރިން

ކޮންތާކު... ތިވެސް ނުވާނެ ސަޅިއެއް. ތީ މުނިއަވަސް މީޑިއާ ޕާޓްނަރަކަށް ވީމަ ޖައްސާ ސްޓަންޓްސް. ރާއްޖޭ މީހުންނަށް ފިލްމު ހަދަން އެނގޭތަ. ހެހެހެހޭ

ޖާބެ އެކްސް3 އަހަރު ކުރިން

ނީނާ ބަލާފަ ޔަގީން ޖާބެއަށް ވެސް ރޮވޭނެ ކަން. އެ ކުއްޖާއަށް އެހެން ހަދާލާ ސީން ގަ މަށަށް ވެސް ރޮވުނު

ސޭޓް3 އަހަރު ކުރިން

މި ފިލްމަކީ ގިނަ އިބުރަތްތަކެއް ބެލުންތެރިންނަށް ދޫކޮށްފައިވާ ފިލްމެއް. ނޭވާ ހިފަހައްޓާލަން ޖެހޭފަދަ ގިނަ މަންޒަރުތަކެއް މި ފިލްމުގައި ދައްކުވައިދޭ. އަދި އޮލިމްޕަސް އެކީ ހަމަހިމޭންވީ ގިނަ ވަގުތުތަކެއްވެސް ދިޔަ. އަދި މި ފިލްމު އެތައް ބަޔަކަށް މި ފިލްމުގެ އެކި ހިސާބުތަކުން ރޮވުނު މޮޅު ފިލްމެއް މީ

މޯޑް3 އަހަރު ކުރިން

ސޯ ޓްރޫ. ނީނާ ވަރުގެ ދިވެހި ފިލްމެއް އަދި ހަމަ ގައިމުވެސް މި ރާއްޖޭގަ ނެތް ނެރެފަ. ވަކި ކަމެއް ނޫން. ހުރިހާ ކަމެއްވެސް ވަަރށް ސަޅި ތި ފިލްމުގަ. އަހަރެން މިހާރު ދެފަހަރު ބަލައިފިން. އަދިވެސް ބަލާނަން

Home
Menu
Search
Back to top