ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖޭގެ 04 ފިލްމެއް ބޭރުގެ ފިލްމު ފެސްޓިވަލްއަކަށް

އިންޑިއާގެ ނަވާ ކަރްނާޓަކާ ފިލްމް އެކަޑަމީއާއި ޔުނިވަރސަލް ފިލްމް މޭކަރސް ކައުންސިލްއާއި ގުޅިގެން ބާއްވާ 03 ވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓީވަލް 2023ގައި މި އަހަރު ރާއްޖޭގެ ފަރާތުން ބައިވެރިކުރާ 04 ފިލްމް ކަނޑައަޅައިފިއެވެ. އެއީ 03 ފީޗަރ ފިލްމާއި 01 ކުރު ފިލްމެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާރޓްސްގެ ފަރާތުން މި ފެސްޓީވަލްގައި ފިލްމި ބައިވެރިކުރުމަށް ހުޅުވާލި މި ފުރުސަތުގައި ބައިވެރި ކޮށްފައިވަނީ 05 ފިލްމެވެ، އެ ފިލްމު ތަކަކީ:

1- ގޮއްރާޅު،

2- ހެހެސް،

3- ނީނާ،

4- ފްރީ ޑެލިވަރީ

5- ކުރު ފިލްމު “ރުގްޔާ”

ނަމަވެސް މި ފެސްޓިވަލްގައި ބައިވެރި ކުރުމުގެ ފުރުސަތު ލިބިފައިވަނީ 04 ފިލްމް ކަމަށް ވާތީ އެމް.އެސް.ޕީ.އޭގެ ފަރާތުން ކަނޑައެޅި ޕެނަލްއިން އިވެލުއޭޓް ކުރުމަށް ފަހު ކަނޑައެޅި 04 ފިލްމަކީ:

ފިލްމު “ހެހެސް”ގެ ޕޯސްޓަރެއް

މި ފެސްޓިވަލް އޮންނާނީ އަންނަ ޑިސެންބަރު މަހުގެ 22 އިން 24 ގެ ނިޔަލަށެވެ.

މުނި އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފެސްޓިވަލްގައި ރާއްޖޭގެ ފަރާތުން، ރާއްޖެއާއި ރާއްޖޭގެ ފިލްމީ ދާއިރާ ތަމްސީލް ކުރުމަށް 9 މެމްބަރުންގެ ޓީމެއް ބައިވެރި ވުމަށް ހަމަޖެހިފައިވެއެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާރޓްސް އަކީ ރާއްޖޭގެ ފިލްމީ އަދި މިއުޒިކީ ފަންނާނުންނަށް ފަހުފުރުޞަތުތަކެއް ހޯދައިދިނުން އަންނަ ސޮސައިޓީއެއްކަން ފާހަގަ ކޮށްލެވެއެވެ.

އެމްއެސްޕީއޭގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
މަރްޔަމް2 އަހަރު ކުރިން

ފައިސާދީގެން އަމިއްލައަށް ތަށި ގަންނަ ހަފްލާއަކަށް ހޮވުނީތީ ހިނި އަންނަނީ

Home
Menu
Search
Back to top