ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަތޮޅުތަކަށް “ނީނާ” ގެންދަން ބޭނުންތަ؟

އަތޮޅުތަކަށް ދިވެހި ފިލްމު “ނީނާ” ގެންދަން ބޭނުންވާ ފަރާތްތަކަށް ވަރަށް ފަސޭހަ އިންތިޒާމެއް، މި ފިލްމު އުފެއްދި އައި ފިލްމްސް އިން ހަމަޖައްސައިފިއެވެ.

“އަތޮޅުތަކުގަ ‘ނީނާ’ އަޅުވަން ބޭނުން ނަމަ 7242555 އަށް މެސެޖެއްކޮށްލުމުން ހަމަޖެހޭނެ.

ކުރިން އުޅެފިއްޔާ ރިޔާސީ އިންތިޚާބު ފަހުގެ ތާރީޚްތަކަށްވެސް ހަމަޖައްސައިދެވޭނެ.”

ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު ބުންޏެވެ.

އަތޮޅުތަކުގައި ތިބި ދިވެހި ފިލްމު ބެލުމަށް ލޯބިކުރާ ފަރާތްތަކުން މިއީ ހަމަ ކޮންމެހެންވެސް ބަލައިލަން ޖެހޭ ފަދަ ވަރުގަދަ، މޮޅު ފިލްމެކެވެ. ދިވެހި ފިލްމު އެކަންޏެއް ނޫނެވެ. މޮޅެތި އިނގިރޭސި ފިލްމާއި ހިންދީ ފިލްމު ބެލުމަށް ޝައުޤުހުންނަ ފަރާތްތަކުންވެސް މި ފިލްމު ބަލައިގެން ހަމަ ގައިމުވެސް މާޔޫސްވާކަށް ނުޖެހޭނެއެވެ.

ފިލްމު “ނީނާ” އަކީ ދިވެހި ފިލްމާމެދު ‘ކަޑަކޮށް’ ދެކެމުން އަންނަ ފަރާތްތަކުގެ ވިސްނުން މުޅީން ބަދަލުކޮށްލާ ވަރުގެ ކޮލިޓީ އުފެއްދުމެއްކަން މި ފިލްމު ބެލި ކޮންމެ މީހަކުވެސް އެއްބަސްވާނެ އެވެ.

🎦 ފިލްމު “ނީނާ” ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ނޫރާ2 އަހަރު ކުރިން

ލާމަށް ޕްލީޒް

Home
Menu
Search
Back to top