ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތުންފަތުގެ ބައްޓަމުން މީހާގެ ޝަޚުޞިއްޔަތުގެ ވައްތަރު ހާމަވޭ – ދިރާސާ

ތުންފަތުގެ ބައްޓަމަށް ބަލައިގެން ހަދާ ޓެސްޓަކުން، ތިމާގެ ޝަޚުޞިއްޔަތުގެ ވައްތަރު ހާމަވެގެންދާނެކަން ޗައިނާ ގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާގައި ބުނާގޮތުން ތުނިތުނި ތުންފަތަކީ އަމިއްލައަށް ފުދުންތެރިވުމާ ގުޅުން ހުރި އެއްޗެއް ކަމަށާއި، ފުރިހަމަ ތުންފަތުން ދޭހަވަނީ ލޯތްބާއި އަޅާލުން ކަމަށެވެ. ތުނި ތުންފަތެއް ހުންނަ މީހުން އެމީހުންގެ ރުޅިވެރިކަން ކޮންޓްރޯލް ކުރަންޖެހޭ، ދިރިއުޅުމުގައި ދިމާވާ އެކަނިވެރި ޙަޔާތުގެ ހުސްކަން ނުވަތަ ލޯވަޅުތައް ބައްދާލަންޖެހޭ ކަމަށްވެސް މި ދިރާސާގައި ބުނެއެވެ. ފުރިހަމަ ތުންފަތެއް ހުންނަ ކުދިން އެކުދިންގެ ލޯތްބާއި އަގުވަޒަންކުރުން އަދި ހަރުކަށިވުމުން ދުރުހެލިވާން ޖެހެއެވެ.

ޤަބޫލުކުރަންޖެހޭ ހަގީޤަތަކީ ދުނިޔޭގައި ގިނަ ބަޔަކު ގަޔާވާ ހުނަރުތަކެއް ޚުދު އަމިއްލަ ގައިގާވެސް ހުރިކަން ހަނދާން ކުރަންޖެހޭކަމެވެ. ރަނގަޅު ބައިވެރިއަކަށް ވާނީ އެމީހުންގެ ލަނޑުދަނޑިތަކާއި އުސޫލުތަކަށް އަގުދޭ މީހެކެވެ. ކޮންމެ މީހަކުވެސް ޝައުގުވެރިވަނީ އެމީހާ އެންމެ ހިތްއެދޭ ފަދަ ޝަޚުޞިއްޔަތުގެ ވައްތަރަކަށް ވުމަށެވެ. އެހެން ނަމަވެސް އަހަރެމެން ވާން އުންމީދުކުރާ ވައްތަރުގެ މީހަކަށް ކަމުގައި ވިޔަސް އަހަރެމެންގެ އަމިއްލަ ނަފްސާއި ބެހޭ އިތުރު މަޢުލޫމާތު ހޯދަން ޖެހެއެވެ.

މިއީ ތުންފަތުގެ ބައްޓަމަށް ބަލައިގެން ތިމާގެ ޝަޚުޞިއްޔަތުގެ ވައްތަރު ހާމަކުރުމަށް ބާރުއަޅާ ޓެސްޓެކެވެ. މީގެ ތެރޭގައި އެމީހުންގެ އުޅުމާއި، ވާހަކަ ދެއްކުމުގެ ގޮތްތައް ހިމެނެއެވެ.

ޗައިނާގައި ތުންފަތުން ކިޔެވުމަކީ މީހެއްގެ ސިއްހަތާއި ޝަޚުޞިއްޔަތާއި ޖަޒުބާތުތައް ހާމަކޮށްދޭ ފަންނެއްގެ ގޮތުގައި ބެލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top