ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ބިރުވެރި ފިލްމު ”ބަޅިނދު“ގެ ޝޫޓިން ނިމާލައިފި އެވެ. މީގެ ހަތަރު އަހަރު ކުރިން ޝޫޓިން ފެށި މި ފިލްމުގެ ބައެއް ކާސްޓުން ބަދަލުކުރަން ޖެހުމުން ފިލްމުގެ ޝޫޓިން އަލުން ފެށީ މީގެ ތިން އަހަރު ކުރީންނެވެ.

ބިރުވެރި ފިލްމު ”ބަޅިނދު“ގެ ޝޫޓިން ނިމުނުކަން ޑާކް ރެއިން އެންޓަޓެއިންމެންޓުން ހާމަކުރީ މިމަހު 10ވަނަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯ ޕޯސްޓެއްގަ އެވެ.

2024ވަނަ އަހަރު ރިލީޒްކުރަން ތާވަލްކޮށްފައިވާ މި ފިލްމަކީ ފިލްމު “4426” އަދި “ގޮށްރާޅު”ގެ ޑައިރެކްޓަރ އަޙްމަދު ޝިނާނު ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ހޫދު އިބްރާހީމް އެވެ. ސްކްރީންޕްލޭ ލިޔެފައިވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށެވެ.

ފިލްމު ކެމެރާކުރީ ޑާކްރެއިންގެ ގިނަ އުފެއްދުންތައް ކެމެރާކޮށްފައިވާ އަލީ ޝިފާޢު (ޗިއްޕެ) އެވެ.

ފިލްމު ”ބަޅިނދު“ގެ ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ޢަލީ އާޒިމް (ދޮން އައްޔަ)، އިސްމާޢީލް ޖުމައިހް (ޖުމާ)، އައިމިނަތު ރަޝްފާ (އާޝާ)، މަރްޔަމް މަޖުދާ (މަޖޫ)، އައިޝާ، ޝަރަފް ޢަބްދުﷲ، ނުޒުހަތު ޝުޢައިބް (ނުޒޫ)ގެ އިތުރުން ހުނޭޝާ އާދަމް ނަސީރު އެވެ.

މި ފިލްމުގެ ވެސް ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުއާދު ތައުފީގެވެ.

@muniavas It’s a wrap! #Balhindhu @Dark Rain Entertainment #fvpシ #fvpviral #foryoupage #foryou #maldivestiktok #dhivehi #dhivehifilm #muniavasnews #maldives ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.