“މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ”ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޗަޑްސް ހޯދައިފިއެވެ. ޗަޑްސް މި މެޗު ކާމިޔާބުކުރީ ކްއީންސްގެ ބައިކޮޅަށް ވަން ދެގޯލާއެކު 2-1 ނަތީޖާއަކުންނެވެ. ކްއީންސްއިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މަރިޔަމް ނަޒާހަތު (8) އެވެ. މި މެޗުގެ އެއްމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗަޑްސްގެ ފާތިމަތު ޝާލިޔާ (6) އެވެ.

“މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ”ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން “ޗަޑްސް” – ފޮޓޯ: ޒީ-ކްލިކްސް

މުބާރތުގެ ޗެމްޕިއަންޓީމަށް 20000 ރުފިޔާ އަދި ރަނައަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. އަދި އެންމެ މޮޅު ފަސް ކުޅުންތެެރިންނާއި، އެންމެ އުއްމީދީ ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވާފައިވެއެވެ.

“މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ”ގެ އެންމެ މޮޅު 05 އަންހެން ކުޅުންތެރިން – ފޮޓޯ: ޒީ-ކްލިކްސް

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުން ތެރިންނަކީ ޗަޑްސްގެ ފާތިމަތު ޝާލިޔާ (6)، ފާތިމަތު އިނާޝާ އާދަމް (7)، ޝާނިޔާ އަހުމަދު ނިޒާމް (19) އަދި ކްއީންސްގެ ދެ ކުޅުންތެރިން ކަމަށްވާ ހައްވާ ހަނީފާ (14) އަދި ނަޖުވާ ފާރޫޤް (23) އެވެ.

“މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ”ގެ އަންހެން ޑިވިޝަންގެ ފެއަރޕްލޭޔަރ – ފޮޓޯ: ޒީ-ކްލިކްސް

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ޑްރެގަންސްގެ ފާތިމަތު ޔޫހާ އަހުމަދު ރިޔާޒް (15) އެވެ.

“މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ”ގެ އަންހެން ޑިވިޝަންގެ އެންމެ ގިނަ ގޯލުޖެހި އަދި މުބާރާތުން އެއްވަނަ – ފޮޓޯ: ޒީ-ކްލިކްސް

“މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ”ގެ އަންހެން ޑިވިޝަންގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ޔޫހާ – ފޮޓޯ: ޒީ-ކްލިކްސް

މުބާރާތުގެ އެެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ޓީމް ޗަޑްސްގެ ފާތިމަތި ޝާލިޔާއެވެ. އޭނާ ވަނީ ސާދަ ގޯލު ޖަހާފައެވެ. މުބާރާތުގެ ހުރިހާ ގޮތަކުން އެއްމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވޮފައިވަނީ ޝާލިޔާއެވެ. މި ޑިވިޝަންގެ ފެއަރޕްލޭ ޓީމަކަށް ހޮވޮފައިވަނީ ކްލަބް ޑްރެގަންސްއެވެ.

“މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ”ގެ އަންހެން ޑިވިޝަންގެ ރަނަރއަޕް ޓީމް – ފޮޓޯ: ޒީ-ކްލިކްސް

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.