ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބޮލީވުޑް އެކްޓްރެސްއިންނަކަށް ހަޤީޤީ އެކުވެރިންނަކަށް ނުވެވޭނެ: ރާނީ މުކަރްޖީ

ބޮލީވުޑްގެ އަންހެން ފަންނާނުންގެ މެދުގައި އޮންނަ އެކުވެރިކަމާ ގުޅޭގޮތުން ރާނީ މުކަރްޖީ ބުނެފައިވަނީ، އަންހެން ފަންނާނުންނަކީ ހަޤީޤީ މާނައިގައި ގާތް އެކުވެރިންނަށް ވުމަކީ ދަތި ކަމެއް ކަމަށެވެ. “ކޮފީ ވިތު ކަރަން” ޝޯވގައި ކަރީނާ ކަޕޫރާއެކު ބައިވެރިވި އެޕިސޯޑެއްގައި، ދެ އަންހެން ފަންނާނުންނަށް ގާތް އެކުވެރިންގެ ގޮތުގައި ތިބެވިދާނެތޯ ކަރަން ޖޯހަރް ކުރި ސުވާލަކަށް ޖަވާބު ދެމުން ރާނީ ބުނީ، އެހެން އަންހެން ފަންނާނަކާ އެހާ ބޮޑަށް ގާތްވެ، ހަޤީޤީ އެކުވެރިކަމެއް ބޭއްވުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިކަމުގެ ސަބަބު ތަފްސީލުކޮށްދެމުން “މަރްދާނީ” ގެ ބަތަލާ ބުނެފައިވަނީ، ކޮންމެ ފަންނާނެއްގެ ވެސް ކެރިއަރު ބިނާވެފައިވަނީ ތަފާތު ގޮތަކަށް ކަމަށެވެ. އޭނާގެ މަސައްކަތްތައް ފެށިގެން އައި ގޮތާއި ކުރިއަށްދާ ގޮތް، ކަރީނާގެ ކެރިއަރާ ތަފާތުވާނެ ކަމަށާއި، އެހެންކަމުން ދެމީހުންގެ ކާމިޔާބީ މިނާނެ މިންގަނޑުތައް ވެސް ތަފާތުވާނެ ކަމަށް ރާނީ ފާހަގަކުރިއެވެ. އޭނާ އިތުރަށް ބުނިގޮތުގައި، އެކަކު ކުޅޭ ފިލްމުތަކާއި އަނެކަކު ކުޅޭ ފިލްމުތައް ތަފާތުވާއިރު، އެކަކަށް ލިބޭ ކާމިޔާބީއަކީ އަނެކަކަށް ލިބޭ ނާކާމިޔާބީއެއް ނޫނެވެ. އަދި މި ސިނާއަތުގައި އެންމެންނަށް ވެސް ފުރުސަތުތައް އޮތުމުން، އެކުވެރިކަން ދެމެހެއްޓިދާނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރާނީ އާއި ކަރީނާ ވަނީ ގިނަ ފިލްމުތަކެއްގައި އެކުގައި މަސައްކަތް ކޮށްފައެވެ.

މި ދެ ފަންނާނުން އެންމެ ފުރަތަމަ އެކުގައި ފެނިގެންދިޔައީ 2002 ވަނަ އަހަރު، ރިތިކް ރޯޝަނާއެކު “މުޖްސޭ ދޯސްތީ ކަރޯގޭ” އިންނެވެ. 2001 ވަނަ އަހަރު ރިލީޒްކުރި ކަރަން ޖޯހަރްގެ “ކަބީ ޚުޝީ ކަބީ ޣަމް” ގައި ކަރީނާ “ޕޫޖާ” ގެ ރޯލު އަދާކުރިއިރު، ރާނީ ފެނިގެންދިޔައީ “ނައިނާ” ގެ ޚާއްސަ ފެނިލުމަކުން ނަމަވެސް މި ދެތަރިން އެކުގައި އެއްވެސް މަންޒަރެއް ކުޅެފައެއް ނުވެއެވެ.

މިވެސް ކިޔާލަން:  ރާނީގެ "މިސިޒް ޗެޓަރޖީ ވާސަސް ނޯރވޭ" އިން ރޮއްވާލާނެ

މީގެ އިތުރުން 2003 ވަނަ އަހަރު ޖޭ.ޕީ. ދައްތާ އުފެއްދި ހަނގުރާމައިގެ ފިލްމު “އެލް.އޯ.ސީ ކަރްގިލް” ގެ ބޮޑު ކާސްޓުގައި ވެސް މި ދެ ފަންނާނުން ހިމެނުނެވެ.

އަދި 2004 ވަނަ އަހަރު މަޝްހޫރު ޑައިރެކްޓަރު މަނި ރަތުނަމްގެ “ޔުވާ” ގައި ވެސް ރާނީ އާއި ކަރީނާ އެކުގައި މަސައްކަތް ކުރިއެވެ.

މި ދެ ބަތަލާއިން އެންމެ ފަހުން އެކުގައި ފެނިގެންދިޔައީ އާމިރު ޚާން ލީޑް ރޯލު ކުޅުނު “ތަލާޝް: ދި އާންސަރ ލައިސް ވިދިން” އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top