ސެލްބްރިޓީއަކާ ސަލާމްކޮށްލަން ބޭނުންވެ، އެ ސެލެބްރިޓީ ކައިރިއަށްގޮސް ނުހަނު ކައިރީގައި ހުއްޓާ ތިމާ ފެންނަކަމަށްވެސް ނުހަދާ އެ ސެލެބްރިޓީއަކު ދުރަށް ދިއުމުން ވަރަށް ‘ކަޑަވާނެ’ ދޯއެވެ. ނަމަވެސް މިފަހަރު މިކަން މި ދިމާވީ މުޅި ދުނިޔެއަށް ނަން މަޝްހޫރު ސެލެބްރިޓީއަކަށެވެ.

މިކަމެއް މި ހިނގީ ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ކުރިއަށްދިޔަ މިކްސްޑް މާޝަލް އާޓްސް މެޗެއް ބަލައިލުމަށް ގޮސް އިން ބޮލީވުޑްގެ ބައިޖާން ސަލްމާން ޚާނަށެވެ. ސަލްމާން ޚާން މެޗް ބަލަން އިނީ ކްރިސްޓިއާނޯ ރޮނާލްޑޯ ރައްޓެހިވެގެން އުޅޭ ކުއްޖާގެ ކަނާތްފަރާތުގައި އެ ކުއްޖާއާ ޖެހިގެންނެވެ. ރޮނާލްޑޯ އިނީ އަނެއް ފަރާތުގައެވެ.

ވައިރަލްވެގެން އުޅޭ ވީޑިއޯގައި ފެންނަނީ ސަލްމާން ޚާން އަދި ރޮނާލްޑޯގެ ފޭނުންގެ ތެރޭގައި ދެމީހުން ތިބޭއިރު، ސަލްމާންގެ ކައިރިންލާފައި ރޮނާލްޑޯ ދާއިރު ސަލްމާން ފެންނަކަމަށްވެސް ނުހަދާ ނުވަތަ އަޅައިނުލާ ދާތަނެވެ.

ސަލްމާން ޚާންގެ ސަޕޯޓަރުން މިކަމާ ރުޅިގަދަވެ، ސަލްމާން ފަދަ ސުޕަރސްޓާރެއް ފެންނަކަމަށްވެސް ނުހަދައި ރޮނާލްޑޯ ދާންވީ ކީއްވެގެންތޯ އަހައި މީސްމީޑިއާގައި ނުރުހުންފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް ބައެއް މީހުން ބުނާގޮތުން ސަލްމާން ޚާންއަކީ ކާކުކަމެއް ރޮނާލްޑޯއަށް ނުވެސް އެނގެއެވެ.

@muniavas Cristiano Ronaldo ignores Salman Khan #SalmanKhan #CristianoRonaldo #Sport #CWC23 #KeralaBlasters #KeralaBlast #GazaWar #LeoSuccessMeet #BB17 #BiggBoss17 #Srk #SinghamAgain #ajaydevgan #muniavasnews #fvpシ #foryoupage #foryou #fvpviral #VivaCutApp ♬ Indian song 2 – Shinnosuke Shibata

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.