ހިތްގައިމު ވީޑިއޯ ލަވަތަކެއް އުފައްދަައި ނެރެމުން އަންނަ ‘މަނިކް އާޓްސް’ ސްޓޫޑިއޯގެ އައު ވީޑިއޯ ލަވަ “ތިޔަ ރީތި ސޫރަ” ރިލީޒްކޮށްފި އެވެ. މިމަހު 19 ވަނަ ދުވަހު ރިލީޒްކޮށްފައިވާ މި ލަވައިގައި ހިތްގައިމު ކަންތައްތަކެއް ހުރި އިރު، ފާހަގަކޮށްލަން ޖެހޭ ބައެއް ކަންކަން ހުރިކަމަށް ބުނަން ޖެހެއެވެ.
ލަވައިގެ ސަޅި ކަންތައްތައް
ލަވައިގެ ވީޑިއޯ މަންޒަރުތައް ނެގުން، ޑައިރެކްޝަން އަދި އެޑިޓިން ރީތިކަން ފާހަގަކޮށްލެވެއެވެ. ކޮސްޓިއުމް، މޭކަޕް އަދި މަންޒަރުތައްވެސް ކަމުދެއެވެ.
އެންމެ ބޮޑަށް މި ލަވައިން ފާހަގަކޮށްލެވޭ އެއް ކަމަކީ ލަވައިގެ ރާގެވެ. ހިތްގައިމު، އަހައިލަން ބޮލަށް ފަސޭހަ އަމިއްލަ ރާގެކެވެ. ރާގަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވަނީ ލަވައިގެ ޅެންވެރިކަމެވެ. މިހެންވެސް ބުނެވިދާނެއެވެ. ލަވައިގެ ޅެންވެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ ލަވައިގެ ހިތްގައިމު ރާގުގެ ސަބަބުންނެވެ. ލަވައިގެ ޅެމުގެ ލަފުޒުތަކާއި އެމުނިއެކުލެވުންތައް ސާދާވެފައި ހިތްގައިމެވެ.
ލަވައިގެ ވީޑިއޯ ފޭސްބްކް، ޔޫޓިއުބްގައި ހިއްސާކޮށްފައިވާއިރު، ލަވަ ބެލި މީހުންގެ އަދަދު ހާހުން މައްޗަށް އަރާފައިވާކަން ފާހަގަކޮށްލެވެއެވެ.

“ތިޔަ ރީތި ސޫރަ” އުފެއްދުމުގައި ހަރަކާތްތެރިވި ބައެއް ފަރާތްތައް – ފޮޓޯ: މަނިކް އާޓްސް
ލަވައިގެ ޓެކްނިކަލް މަސައްކަތްތައް
ހިތްގައިމު އަމިއްލަ ރާގަކަަށް އުފައްދާފައިވާ “ތިޔަ ރީތި ސޫރަ” ލަވައިގެ ރާގާއި ޅެންވެރިކަމަކީ އަޙްމަދު ޙަސަންގެ އުފެއްދުންތެރި މަސައްކަތެކެވެ. ލަވަ ކިޔާފައިވަނީ ޢަބްދުﷲ ޝާފިޢު (ޝާ) އެވެ. ރެކޯޑއިން އަދި މިކްސިން ހެދީ ‘ޝާ ސްޓޫޑިއޯ’އިން ނެވެ. ލަވައިގެ ތަރިންނަކީ ސަމާ އަދި އަބްޅޯ އެވެ.
ވީޑިއޯގެ މަސައްކަތްތައް ކޮށްފައިވަނީ މަނިކް އާޓްސް ސްޓޫޑިއޯއިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!