ދޮންކޭލަކީ ވަރަށް ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެއް ކަމުން ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާ އެވެ.

ދޮންކެޔޮ ކާން އެންމެ ރަނގަޅީ ކިހައި ވަރަކަށް ދޮންވެފައި ހުންނައިރު؟

ދުވާލުގެ ކޮންމެ ވަގުތެއްގައި ވެސް ދޮންކެޔޮ ކެވިދާނެ އެވެ. ދޮންކޭލަކީ ނިއުޓްރިއެންޓްސް ގިނަ އަދި ފަސޭހައިން ލިބޭ ހަކަތައިގެ ބޮޑު މޭވާއެކެވެ. މިއީ ދުވާލު ވަގުތު ކެއުމަށް މޮޅު ލުއި ކާނާއަކަށް ވެގެންދެއެވެ. ރޭގަނޑު ނުވަތަ ދަންވަރު، ރޯ ކެޔޮ ކެއުމުން ދުރުހެލިވާން ޖެއެވެ. މީގެ ސަބަބަކީ މިއީ ބަނޑުގައި ރިއްސުމާއި ނިދަން އުނދަގޫވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހިދާނެތީ އެވެ. ކެއުމަށް އެންމެ ރަނގަޅީ ކުޑަކޮށް ދޮންވެފައި ހުންނަ ދޮންކޭލެވެ. މިއީ ފައިބަރުގެ ބޮޑު ބާވަތެއް ކަމަށްވާ ރެސިސްޓެންސް ސްޓާޗްގެ ބޮޑު މަސްދަރެކެވެ.

ދޮންކޭލުގެ މުހިންމު ބައެއް ފައިދާތައް:-

1. ނިއުޓްރިއެންޓްސް ގިނަ : ދޮންކޭލުގައި މުހިއްމު މާއްދާތަކެއް ހިމެނޭއިރު، އޭގެ ތެރޭގައި ޕޮޓޭސިއަމް، ވިޓަމިން ބީ6، ވިޓަމިން ސީ، އަދި މެގްނީޒިއަމް ހިމެނެއެވެ.

2. ހިތުގެ ސިއްހަތަށް ރަނގަޅު : ދޮންކޭލުގައި ހިމެނޭ ޕޮޓޭސިއަމް އަކީ ހިތުގެ ސިއްހަތަށް ރަނގަޅު އެއްޗެކެވެ. އެއީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެކެވެ.

3. ހަޖަމުކުރުމަށް އެހީތެރިވުން : ދޮންކޭލުގައި ޑައިޓްރީ ފައިބަރު ހިމެނޭއިރު މިއީ ހަޖަމުކުރުމަށް އެހީތެރިވެދޭ އަދި ބަނޑުހައިވުން ހުއްޓުވުމަށް އެހީތެރިވެދޭ އެއްޗެކެވެ.

4. ހަކަތަ ފޯރުކޮށްދިނުން : ދޮންކޭލަކީ އަވަސް ހަކަތައެއް ލިބޭ ވަރަށް ބޮޑު މޭވާއަކަށް ވާތީ، އެތުލީޓުންނާއި އަވަސް ހަކަތައެއް ބޭނުންވާ މީހުންނަށް މިއީ މަގުބޫލު އެއްޗެކެވެ.

5. ބަރުދަން ލުއިކުރުމަށް އެހީތެރިވުން : ދޮންކޭލުގައި ކެލޮރީ މަދު ނަމަވެސް ފައިބަރު ގިނަ ކަމުން ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުންނަށް މިއީ ރަނގަޅު އެއްޗެކެވެ.

6. މޫޑު ރަނގަޅުކުރުން : މީގައި ޓްރިޕްޓޯފަން ކިޔާ އެމިނޯ އެސިޑެއް އެކުލެވިގެންވާއިރު، މިއީ ހަނދާންގަދަކޮށްދީ، ކަންކަން ދަސްކުރުމާއި ހަނދާންކުރުމުގެ ގާބިލްކަން އިތުރުކޮށްދީ، މޫޑު ރެގިއުލޭޓްކޮށްދޭ އެމިނޯ އެސިޑެކެވެ.

7. ހަންގަނޑަށް ރަނގަޅު : ދޮންކޭލުގައި ހަންގަނޑަށް ރަނގަޅު ބައެއް މާއްދާތައް ހިމެނޭއިރު، އޭގެ ތެރޭގައި އެންޓިއޮކްސިޑެންޓްސް އަދި ވިޓަމިން ސީ ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.