ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަމްޖޭގެ 52 ވަނަ ފިލްމު “ރޭވުމުން” މިރޭ އޮލިމްޕަހަށް

މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) 52 ވަނަ ޑައިރެކްޝަން ހިމެނޭ ފިލްމް “ރޭވުމުން” މިރޭ އޮލިމްޕަހުގައި ދައްކަން ފަށާނެ އެވެ.

އަމްޖޭ ގެ އަމިއްލަ ސްކްރީންޕްލޭ އަކަށް ހަދާ މި ފިލްމުގެ ޕްރިމިއާ ނައިޓް ހާއްސަ ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އަމްޖޭ ބުންޏެވެ. އޮލިމްޕަހުގެ އިތުރުން މި ފިލްމް ހުޅުމާލޭ ޝްވެކް ސިނަމާގައި ވެސް މިރޭ ދައްކަން ފަށާނެ އެވެ.

“ރޭވުމުން” ގެ ލީޑް ރޯލް ކުޅެފައި ވަނީ މުހައްމަދު މަނިކާއި އަލަށް ތައާރަފުވާ ނާޖިހާ (ނާޖި) އެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ފައުޒިއްޔާ ހަސަން، އަހުމަދު (ތަބޫޖެ) ޝާޒް އަދި މަރިޔަމް ޝަކީލާ، ހަސަން (ރޯނު) މަނިކް އަދި ނާޝިދާ ފަދަ ތަރިން ހިމެނެ އެވެ.

ލޯބީގެ ބިރުވެރި ހާދިސާތަކެއް ދައްކައިދޭ “ރޭވުމުން” އަކީ މި އަހަރު އަޅުވާ ތިން ވަނަ ފިލްމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top