މޯލްޑިވިއަން އައިޑޮލްގައި މަގުބޫލުކަން ހޯދައި ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ ޝަލަބީ އިބްރާހިމްގެ މުދައްރިބުކަމުގެ ދަށުން ލ. ފޮނަދޫގައި ބާއްވާ މަދަހަ ކިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ފޮނަދުއަށް ޝަލަބީ އަންނަން ހަމަޖެހިއްޖެއެވެ. މި މަދަހަ ޓްރެއިނިން ޕްރޮގްރާމަކީ ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ރާވައި ހިންގާނެ ޕްރޮގްރާމެކެވެ.

ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނީ ކުޑަކުދިންގެ މެދުގައި މަދަހަ ކިއުމަށް ޝައުގުވެރިކަން އުފައްދައި، ރާގާއި ހަމަތަކާއި އެއްގޮތަށް މަދަހަ ކިޔަން ދަސްކޮށްދިނުމުގެ ގޮތުން ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން 01 ފެބްރުއަރީ އިން 10 ފެބްރުއަރީއަށް ފޮނަދޫ ގައި ކުރިއަށްގެންދާ މަދަހަ ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށެވެ.

އެ ކޮމެޓީން ފޭސްބްކްގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖެނުއަރީ 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށެވެ.
ލިންކް: https://forms.office.com/r/k4eJn9TbmR

މަދަހަ މުބާރާތްތަކަށް ކުދިން ތައްޔާރުކުރުމަށް އެހީތެރިވެދިނުމަށް ހުޅުވާލާފައިވާ މި ރަނުގެ ފުރުޞަތުގައި ފޮނަދޫގެ ގިނަ އަދަދެއްގެ ކުދިން ބައިވެރިވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.

“މަދަހަ ޓްރެއިނިން ޕްރޮގްރާމް- ޝަލަބީ އާ އެކު” – މި ޕްރޮގްރާމުގެ ދަށުން ރާގު ދަސްކުރާނެ ގޮތް، ޕިޗިން ރަނގަޅުކުރުން، ސްކޭލްގެ ތެރޭގައި އުޅެން ދަސްކޮށްދިނުން، ހަމަބޮޑުކޮށް ރާގުގެ ވަޒަނަށް ފަރިތަކޮށްދިނުން، ސޯލޯ މަދަހައެއް ނަގާއިރު ވިސްނަން ޖެހޭ ކަންތައްތައް އަދި ގްރޫޕް މަދަހަ ޕްރެކްޓިސްކޮށްދިނުން ވެސް އޮންނާނެ ކަމަށް ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނެއެވެ.

“މަދަހަ ޓްރެއިނިން ޕްރޮގްރާމް- ޝަލަބީ އާ އެކު” – މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ ހަމަ އެންމެ 120 ޖާގަ އެވެ. އެ ސަތޭކަވިހި ޖާގަ އަށް ކުދިން ހޮވާނީ ރެޖިސްޓްރީ ކުރާ ތަރުތީބުންނެވެ.

އުމުރުން 05 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ހުޅުވައިލެވިފައިވާ މި ފަހިފުރުޞަތުގައި ބައިވެރިންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ އެންމެ 100 ރުފިޔާގެ ރަމްޒީ ފީއެކެވެ.

ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ:

🎤 ހެނދުނު – 08:00 އިން 10:00 އަށް

🎤 ހެނދުނު – 10:00 އިން 12:00 އަށް

🎤 މެންދުރުފަހު – 14:00 އިން 16:00 އަށް

🎤 މެންދުރުފަހު – 16:00 އިން 18:00 އަށް

ކުލާސްތައް ކުރިއަށްދާ ވަގުތު، ބޭނުންފުޅުވެލައްވާ ބެލެނިވެރިންނަށް ކްލާސްތައް ކުރިއަށްދާ ގޮތް ބަލައިލުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނެއެވެ.

ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހިންގާ ކޮމެޓީގެ މެންބަރުން އަތޮޅު ކައުންސިލް ރައީސާއެކު – ފޮޓޯ: ލ. ފޮނަދޫ އތމ ކޮމެޓީގެ ފޭސްބްކް ޕޭޖް

‘ލާމަސީލު ލާމު، ރަށުކައުންސިލްތައް އަދި އތމ ކޮމެޓީތައް މިންކުރުމުގެ ހަފުލާ 2022’ ގައި ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ވަނީ މުޅި ލ. އަތޮޅުން އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ޝަރަފުވެރި މަޤާމު ލިބިފައެވެ.

ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ޒުވާނުންނާއި އަންހެނުންނަށް އަމާޒުކޮށްގެން ގިނަ ގުނަ ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގެ އިތުރުން، މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.