ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކަންބަޅި” ފިލްމުގެ ފުރަތަމަ ޕޯސްޓަރުން ފާހަގަވަނީ ކޮންކަމެއް؟

ތަފާތު ޕޯސްޓަރެކެވެ. ކޮޕީއެއްތޯ ބަލައިލާހިތްވީ ޕޯސްޓަރުގެ ތަފާތުކަމުންނެވެ. އިންޓަނެޓް ބޭނުންކޮށްގެން ސާރޗްކުރެވެން ހުރި އެކިއެކި ގޮތްގޮތަށް ބަލައިގެންވެސް މި ޕޯސްޓަރާ ވައްތަރު ޕޯސްޓަރެއްވެސް ފެންނަގޮތެއް ނުވިއެވެ. އެހެންކަމުން އައިފިލްމްސްގެ ފުރަތަމަ ބިރުވެރި ފިލްމު “ކަންބަޅި”ގެ ފުރަތަމަ ޕޯސްޓަރުން އަހަންނަށް ފެނުނީ ދިވެހީންގެ އުފެއްދުންތެރި މަސައްކަތެކެވެ.

ފިލްމު “ކަންބަޅި” ރިލީޒްކުރާނީ 01 ފެބްރުއަރީ 2024ވާ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ޕޯސްޓަރު މިހާ ތަފާތު އިރު، މި ފިލްމުންވެސް ތަފާތުތަކެއް ދައްކައިދޭނެ ކަމާމެދު ޝައްކުކުރާނެ ޖާގައެއް ނެތެވެ. އައިފިލްމްސްގެ ޓްރެކް ރެކޯޑްވެސް ދައްކައިދެނީ ހަމަ މިކަމެވެ.

އާސިމް އަލީ އަދި އިލްޔާސް ވަހީދު ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރަނީ އިލްޔާސް ވަހީދު އަދި އަޙްމަދު އިފްނާޒް ފިރާޤެވެ.

 

View this post on Instagram

 

A post shared by I Films (@ifilmsmv)

ސ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top