ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނަން މަޝްހޫރުވި ޕްރޮޑަކްޝަން ހައުސް، ‘އައިފިލްމްސް’ގެ ހަވަނަ އަހަރީ ދުވަހާ ދިމާކޮށް އެތަނުން އުފައްދަން ތައްޔާރުވަމުން އަންނަ ފިލްމުގެ ނަން އިއުލާނުކޮށްފިއެވެ. އައިފިލްމްސް އިން މިފަހަރު އުފައްދަނީ ވަރުގަދަ ލޯބީގެ ފިލްމެކެވެ. ފިލްމުގެ ނަމަކީ “ލޯބިން…؟” އެވެ.
އައިފިލްމްސްގެ އިންސްޓަގްރާމު މެދުވެރިކޮށް މިއަދު އާއްމުކޮށްފައިވާ ޕޯސްޓަކާއެކު “ލޯބިން…؟” ފިލްމުގެ ޓައިޓް ހިއްސާކުރަމުން އާއްމުކޮށްފައިވާ މަޢުލޫމާތުގައި ބުނީ ފިލްމު ލިޔެ ޑައިރެކްޓްކުރަނީ އިލްޔާސް ވަހީދު (އިއްލެ) ކަމަށާ، ފިލްމު ރިލީޒްކުރާނީ 2025 ވަނަ އަހަރުގައި ކަމަށެވެ. މި މަޢުލޫމާތުގެ އިތުރުން ފާހަގަކޮށްފައިވަނީ މިއީ އެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ފުރަތަމަ ލޯބީގެ ފިލްމު ކަމަށެވެ.
“ލޯބިން…؟” ފިލްމުގައި ހަރަކާތްތެރިވާނީ ކޮންކޮން ތަރިންނެއް ކަމެއްވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
އައިފިލްމްސް އިން އެންމެ ފުރަތަމަ އުފެއްދި ސައިކޮލޮޖިކަލް ތުރިލާ “ބަވަތި” ފިލްމު ވަރުގަދަ ހިޓަކަށް ވެގެންދިޔައީ ފިލްމީ ދާއިރާއަށް އައު ޕްރޮޑަކްޝަން ހައުސްއަކާއެކު ހުނަރުވެރި ޑައިރެކްޓަރެއް ތައާރަފުކުރަމުންނެވެ. އޭގެ ފަހުން އުފެއްދީ ކްރައިމް ތުރިލާ “ނީނާ” އެވެ. މިއީވެސް ދިވެހި ފިލްމު އޯޑިއަންސް ބަލައިގަތް ވަރުގަދަ ފިލްމަކަށް ވެގެންދިޔަ އުފެއްދުމެކެވެ. ދެން އުފެއްދީ ބިރުވެރި ފިލްމު “ކަންބަޅި” އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!