ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރޭވަ ޗެމްޕިއަންކަން ހޯދައިފި
ސެކްރެޓޭރިއޭޓް އޮފް ފެންފުށި ކައުންސިލް - އެފްބީ

އދ. ފެންފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ފެންފުށީ ޒުވާނުންގެ ފުޓްބޯޅަ މުބާރާތް 2026 ގެ ޗެމްޕިއަންކަން ރޭވަ ސްޕޯރޓްސް ކުލަބް ހޯދައިފި އެވެ.

މި މަހުގެ 14 އިން 25 އަށް ފެންފުށީގައި ކުރިޔަށްދިޔަ މި މުބާރާތުގައި 5 ޓީމު ބައިވެރިވި އެވެ. މުބާރާތުގައި ބައިވެރިވި ޓީމުތަކަކީ ޗެންވަން، ރޭވަ ސްޕޯރޓްސް ކުލަބް، އެފްސީ ވެމްޕަޔާރސް، އެފްސީ ޔަންގް ވިނާރސް އަދި އެފްސީ ރީޔޫނިއަން އެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް ކުޅެވޭ ލީގު ބުރުގެ އެއްވަނަ މަގާމް ހޯދާ ޓީމާއި ދެވަނަ މަގާމް ހޯދާ ޓީމު ފައިނަލަށް ދާގޮތަށް ކުރިޔަށްދިޔަ މި މުބާރާތުގެ ފައިނަލަށް ދިޔައީ، ލީގު ބުރުގެ އެއްވަނަ ހޯދި ރޭވަ ސްޕޯރޓްސް ކުލަބާއި ދެވަނަ ހޯދި ރީޔޫނިއަން އެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން ނެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރޭވަ ސްޕޯރޓްސް އެވެ. މެޗުގެ 24 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އަމަން އުސާމަތު އެވެ. އަމަން މި ލަނޑު ޖަހާފައިވަނީ ރޭވަ ސްޕޯރޓްސް ކުލަބްގެ ކުޅުންތެރިއަކު ރީޔޫނިއަންގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް، ދިފާއުކުރަން މަސައްކަތްކުރި ރީޔޫނިއަންގެ ކީޕަރުގެ އަތުން ދޫވި ވަގުތު ހޯދައި، ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

ދެވަނަ ހާފުގައި ލަނޑު ޖެހުމަށް ދެ ޓީމުން ވެސް ވަނީ ގިނަ މަސައްކަތްތަކެއްކޮށް ފުރުސަތުތަކެއް ފަހިކޮށްފަ އެވެ. ލބިފައިވާ ލީޑު ދެމެހެއްޓުމަށް އިސްކަންދީގެން ކުޅެމުންދިޔަ ރޭވަ ސްޕޯރޓްސް ކުލަބް ކޮޅަށް ލަނޑު ޖަހައި ރީޔޫނިއަންއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގައި ޢަލީ އާދަމް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން ނަތީޖާ ހަމަހަމަވެފައި އޮތުމުން މި މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެން ނެވެ.

ނަތީޖާ ނެރުމަށްޓަކައި ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ރޭވަ ސްޕޯރޓްސް ކުލަބްއިން ކާމިޔާބު ކުރީ 4-3 އިން ނެވެ.

ފޮޓޯ: ސެކްރެޓޭރިއޭޓް އޮފް ފެންފުށި ކައުންސިލް – އެފްބީ

4-5 އިން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ރޭވަ ސްޕޯރޓްސް ހޯދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަޚްރޯރް އުމަރުޖަނޯވް އެވެ.

މި މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލައިލާއިރު، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ރޭވަ ސްޕޯރޓްސް ކުލަބްގެ އަޙްމަދު އާދަމް އެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑާރގެ މަގާމް ހޯދީ ރޭވަ ސްޕޯރޓްސްގެ އަޚްރޯރް އުމަރުޖަނޯވް އެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމް ހޯދީ އެފްސީ ރީޔޫނިއަންގެ ހަމްދޫން ވަލީދެވެ. މުބާރާތުގެ އެންމެ މޮޅު ފޯވާޑްގެ މަގާމް ހޯދީ އެފްސީ ރީޔޫނިއަންގެ މުޙައްމަދު ރަޔާން އާދަމް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ރޭވަ ސްޕޯރޓްސް ކުލަބްގެ ނާއިކް ޢަލީ އާދަމް އެވެ.

މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އެފްސީ ރީޔޫނިއަންގެ މުޙައްމަދު ރަޔާން އާދަމް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ރޭވަ ސްޕޯރޓްސް ކުލަބް ކޯޗް މުޙައްމަދު އިމްތިޔާޒް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރޭވަ ސްޕޯރޓްސް ކުލަބްގެ އަޚްރޯރް އުމަރުޖަނޯވް އެވެ.

މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނިފައިވަނީ، ރޭވަ ސްޕޯރޓްސް ކުލަބްގެ އަޙްމަދު އާދަމް، އެފްސީ ރީޔޫނިއަންގެ ހަމްދޫން ވަލީދު، ރޭވަ ސްޕޯރޓްސް ކުލަބްގެ ޖަސޫރުބެކް އެރްމަމަޓޯވް، ޗެކްވަންގެ އިޒާން ޝާހިދު، އެފްސީ ރީޔޫނިއަންގެ ހުސައިން ފައިސަލް، ރޭވަ ސްޕޯރޓްސް ކުލަބްގެ އަޙްމަދު އާމިރު، އެފްސީ ރީޔޫނިއަންގެ މުޙައްމަދު ރަޔާން އާދަމް، އެފްސީ ވެމްޕަޔާރސްގެ އާދަމް ނާއިލް، ރޭވަ ސްޕޯރޓްސް ކުލަބްގެ ނާއިކް ޢަލީ އާދަމް، ޗެކްވަންގެ ޒާން ހުސައިން އިބްރާހިމް އަދި ރޭވަ ސްޕޯރޓްސްގެ އަޚްރޯރް އުމަރުޖަނޯވް އެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ޗެކްވަން އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top