ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
” އެންސީއޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024 ” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބޮޑު ވާދަވެރިކަމަކާއެކު ކުރިއަށް ގެންދިޔަ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް ބޭއްވުން ފަސް އަހަރު ދުވަހަށް މެދުކަނޑާލާފައި އޮތުމަށްފަހު މި އަހަރު އަލުން މި މުބާރާތް ބާއްވަން ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން 23 ޖެނުއަރީ 2024ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވާ އާއްމު މައޫލޫމާތު ހިމެނޭ އިއުލާނެއްގައި ބުނެފައިވަނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ “އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް” 05 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބޭއްވުމަށް އުސޫލް އާއްމުކޮށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.

މިމުބާރާތުގެ ބައިވެރިވެލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއަށް ފޯމް ހުށަހެޅުމަށް ބުނެފައިވެއެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ލިބެން ހުންނާނެ ކަމަށާ އަދި ވެބްސައިޓް www.nca.gov.mv އިންވެސް ޑައުންލޯޑް ކުރެއްވޭނެކަމަށްވެސް ބުނެފައިވެއެވެ.

“އެންސީއޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024” އާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެންސީއޭގެ ނަންބަރު 3310729 އާއި ގުޅުމަށްވެސް ބުނެފައިވެއެވެ.

1440 ވަނަ އަހަރުގެ ޕީއެސްއެމް ޓެލެޑްރާމާ މުބާރާތުގެ ނަމުގައި ބޭއްވި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން އެންމެ މޮޅު ޑްރާމާއަކަށް ހޮވުނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑްރާމާ “ނަކަލު” އެވެ.

މި މުބާރާތަށް ހުށައަޅާ ޓެލެޑްރާމާގެ ދިގުމިނަކަށް ވާންވާނީ މަދުވެގެން 45 މިނެޓެވެ.

މުބާރާތާއި ގުޅޭގޮތުން އެންސީއޭ އިން އާއްމުކޮށްފައިވާ ލިންކްތައް ތިރީގައި އެވަނީއެވެ.


0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top