ޑާކް ރެއިން އެންޓަޓެއިންމެންޓުން އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފައްދައި އޮލިމްޕަސް ސިނަމާގައި ގިނަ ޝޯތަކެއް ދައްކާފައިވާ ދިވެހި ފިލްމު ”ނޮވެމްބަރ“، ރާއްޖޭގެ އޯޓީޓީ މަންސައެއްގައި ސްޓްރީމްކުރަން ފަށަން ނިންމައިފިއެވެ. މުނިއަވަސް އޮންލައިން އިން އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރަމުން އަންނަ ފިލްމު ”ނޮވެމްބަރ“ އަކީ ލޯބީގެ ތަފާތު ވާހަކައެއްގެ ތެރެއިން، ރާއްޖޭގައި ހިނގަމުން އަންނަ މުހިންމު މައްސަލައެއް ފެނިގެންދާ ފިލްމެކެވެ.
ފިލްމު ”ނޮވެމްބަރ“ ސްޓްރީމްކުރަން ނިންމާފައިވަނީ މުނިއަވަސް އޮންލައިންއާއެކު އެއްބަސްވުމެއްވެ ސްޕޮންސަރ ދޭނެ ކަމަށް ހުވަފެންތަކެއް ދައްކައި، މުނިއަވަސްްއަށް ބޮޑު ދޯކާއެއް ދީފައިވާ މީޑިއާނެޓްގެ އެމްއެސް މީޑިއާ ކްލަބުންނެވެ.
މި އެއްބަސްވުން ކުރިއަށް ގެންދިއުމަށް މީޑިއާ ނެޓުން އެދުނު ހުރިހައި ކަމެއް ފުރިހަމަކޮށް ރީޑިން ކޮޕީ ހުށައެޅީ 22 އޯގަސްޓް 2022 ގައެވެ.

އޭގެ ފަހުން މީޑިއާނެޓުން ހުށައެޅި އިސްލާހްތައް ހިމަނައި ދެވަނަ ރީޑިން ކޮޕީ ފޮނުވީ ސެޕްޓެމްބަރު 2022ގައެވެ.

މުނިއަވަސް އިން ސޮއިކޮށް ފައިނަލް ކޮޕީއެއް މީޑިއާނެޓުން އޭރު މުނިއަވަސްއާ މުޢާމަލާތުކުރި ރިޝްތާ ޝުޖާއުއަށް އަދި މީޑިއާނެޓްގެ މެއިލްއަށް އެގްރީމެންޓް ފޮނުވީ 24 އޮކްޓޫބަރު 2022ގައެވެ.
ނަމަވެސް އޭގެ ފަހުން މީޑިއާނެޓުން އެކަމާ ގުޅޭ އެއްވެސް ޚަބަރެއް އަދި އަދާއި ހަމައަށްވެސް ވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
މީޑިއާނެޓުން މުނިއަވަސްއަށް ދިން ދޯކާއަށް ފަހު، މީޑިއާނެޓާއި ގުޅުން ހުރި އެއްވެސް ޚަބަރެއް މުނިއަވަސްއިން ޝާއިޢުކުރުން ހުއްޓާލާފައި ވީ ނަމަވެސް، ފިލްމު ”ނޮވެމްބަރ“ގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ހައިސިއްޔަތުން، މި ފިލްމު އެމްއެސް ވީޑިއޯ ކްލަބް މެދުވެރިކޮށް 14 ފެބްރުއަރީ 2024އިން ފެށިގެން ބެލެން ހުންނާނެ ކަން މުނިއަވަސްގެ ކިޔުންތެރިންނާ ހިއްސާކޮށްލަމެވެ.
މީޑިއާނެޓުން މުނިއަވަސްއަށް ދޯކާއެއް ދީފައި ވިޔަސް، މި ފިލްމަކީ ހިތްގައިމު، ރީތި ދިވެހި ފިލްމެއްކަމުން، މި ފިލްމު ބަލާފައި ނުވާ ފަރާތްތަކުގެ ތެރެއިން ޝައުޤުވެރިކަން ހުރިނަމަ އެމްއެސް ވީޑިއޯކްލަބް މެދުވެރިކޮށް ނަމަވެސް، ފިލްމު ބަލައިލުމަށް މުނިއަވަސް އިން ’ރިކޮމެންޑް’ކުރަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




