ދިވެހި ފިލްމު ބަލާ އޯޑިއަންސުން އެ ފިލްމަކަށް މިވަގުތު އެންމެ ބޮޑު އިންތިޒާރެއްކުރަމުން އަންނަ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި 2″ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ. ހާމިދު ޢަލީގެ ލާރނާސް ޕްރޮޑަކްޝަނުން އުފައްދާ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި2” ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީޚަށް ކުޑަ ބަދަލެއް ގެނެސް، މިހާރު ތާވަލްކޮށްފައިވަނީ 19 ސެޕްޓެމްބަރު 2024 ދުވަހުގެ ރޭ ފިލްމު ރިލީޒްކުރުމަށެވެ.
ފިލްމު “އުދަބާނި 2″ގެ ޕްރޮޑިއުސަރ އަދި މި ފިލްމުގައި ބިރުވެރި މަޚްލޫޤެއްގެ ރޯލުކުޅެފައިވާ ހުނަރުވެރި އެކްޓަރު ހާމިދު ޢަލީ ބުނީ ކުރިއަށް ހުރި ޝޯތަކުގެ ޓިކެޓް ވިއްކަން މިއަދު (26 އޯގަސްޓް 2024) ފަށާފައިވާ ކަމަށާ އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކަމުން އަންނަ ކަމަށެވެ.
ފިލްމުގެ ޓިކެޓް މިހާރުވެސް ބުކްކުރެވޭނެ އެވެ. ޓިކެޓް ބްކްކުރުމަށް 7762077 އަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ.
ހާމިދު އިތުރަށް ބުނީ ފިލްމުގެ ޕްރިމިއާ ޝޯވ އެއްކޮށް ކަހަލަ ގޮތަކަށް ފުލްވެފައިވާ ކަމަށެވެ. މީގެ މަހެއްހައި ދުވަސް ކުރިން މި ފިލްމުގެ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ބުނެފައިވަނީ ފިލްމުގެ ދެވަނަ ޝޯގެ ވެސް ބޮޑުބައެއް ބުކްކޮށްފައި ވާކަމަށެވެ.
”ވަރަށް ސަޕޯޓް ބޮޑުކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ. އެއީ ފުދޭވަރަކަށް ޓިކެޓް ނަންނޯޓްކުރޭ އެބަ.
ދެން މި ފުރުޞަތުގަ ބެލުންތެރިން ތިޔަ ދެއްވާ ސަޕޯޓަށް ހަމަ ހާސްފަށުން ޝުކުރުދަންނަވަން. އެއީ އަޅުގަނޑުމެންނަށް މި ފިލްމުގެ މަސައްކަތް މިގޮތަށް މި ކުރެވެނީ އެ ބޭފުޅުން އެ ދެއްވާ ސަޕޯޓްގެ ސަބަބުން. އަޅުގަނޑުމެން އުއްމީދުކުރަނީ އުދަބާނި އެކަކަށް ދިން ސަޕޯޓަށްވުރެން ބޮޑު ސަޕޯޓެއް އުދަބާނި ދެއަކަށް ދެއްވާނެ ކަމަށް. ދެން އެ ޔަޤީންކަންވެސް އެބަ އޮވޭ. އެއީ ހަމަ ކޮންމެ ދެދުވަހުން އެއްދުވަހުހެން ދިމާވާ ކޮންމެ ބޭފުޅަކު އަހާ ފިލްމު އަޅުވާނެ އިރެއް އޮޅުންފިލުވަން.“
* ”އުދަބާނި“ ޑައިރެކްޓަރ – އަމްޖަދު އިބްރާހީމް (އަމްޖޭ)
“އުދަބާނި 2″ގެ ލީޑުން ފެނިގެންދާނީ އަޙްމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، ހާމިދު ޢަލީ، ޢަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު އެވެ.
އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށްފައިވާ މި ފިލްމު “އުދަބާނި 2″ އެޑިޓްކުރަނީ ފިލްމީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އަލީ މުސްތަފާ (ސެމީ) އެވެ.
ފިލްމު ”އުދަބާނި 2“ ގެ އޮންލައިން މީޑިއާ ޕާޓުނަރަކީ މުނިއަވަސް އޮންލައިން
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




