ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަލްމާން ޚާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދޭ

ބޮލީވުޑް ގެ މަޝްހޫރު ތަރި ސަލްމާން ޚާނާއި އޭނާގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ސަލްމާނާ އެކު މިފަހަރުގެ ދަތުރުގައި އައިސްފައި ވަނީ އޭނާގެ ދެ ކޮއްކޮ ކަމަށް ވާ އަރްބާޒް ހާނާއި ސުހައިލް ޚާނެވެ.

ސަލްމާނާއި އޭނާގެ އާއިލާ މާލެ އައީ މިމަހުގެ ދެވަ ދުވަހުއެވެ. ސަލްމާން ރާއްޖެ އައިސްފައި ވަނީ އޭނާގެ އަންހެން ކޮއްކޮ އަރްޕިތާ ހާންގެ ދަރިފުޅު އާހިލް ޝަރްމާގެ ދެވަނަ އުފަންދުވަސް ދުބާއީގައި ފާހަގަ ކުރުމަށް ފަހުގައެވެ. އާހިލް ޝަރުމާގެ ފުރަތަމަ އުފަންދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ވެސް ސަލްމާނާއި އާއިލާ ރާއްޖެ އައިސްފައިވެއެވެ. 

ސަލްމާނާއި އަރްބާޒް ހާނާއި ސުހައިލް ޚާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ޗުއްޓީ ހޭދަ ކުރަމުން ދަނީ ކޮން ރިސޯޓެއްގައިކަން ޔަގީނެއް ނުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top