ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
‘ލާލު ބިބީ’ 26 ސެޕްޓެމްބަރުގައި

ޓޯއީ އަދި އަޝްފާގެ ‘ލާލު ބިބީ’ ‏މި މަހު 26ގައި ނެރޭނެ ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެފިއެވެ.

‘ލާލު ބިބީ’ މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓުން 07 އޮކްޓޫބަރުގައި ރިލީޒްކުރާ ފިލްމު “ބިބީ”ގެ ލަވައެކެވެ.

ފިލްމު “ބިބީ”އަކީ ބެލުންތެރިން ބިރުގަންނުވައިލުވާއެކު ހެއްވާލާނެ ފިލްމެކެވެ. މިއީ މަޝްހޫރު އެކްޓަރު ޝަރަފު ޢަބްދުﷲގެ އަންހެނުން ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

“ބިބީ”ގެ ކާސްޓަށް ބަލައިލާއިރު ފިލްމުގެ ލީޑުން ފެނިގެންދާނީ ޝަރަފް ޢަބްދުﷲ އަދި ޑާކް ރެއިންގެ އެންމެ ފޭވަރިޓް އެއް ބަޠަލާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. މިއީ ޝަރަފު އަދި މަޖޫ އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މީގެ އިތުރުން ޝީލާ ނަޖީބް، އަހުމަދު ސަޢީދު، ފުބޫ، އަމަން އަދި ވަރަށް ޚާއްސަ ފެނިލުމެއްގައި ކުރީގެ މަޝްހޫރު ތަރި އިސްލާއީމް ވަޖީހު ވެސް ފެނިގެންދާނެ އެވެ.

“ބިބީ”ގެ ޓިކެޓް ހޯދުމަށް 9911229 އަށް ވައިބަރު ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް މެޖެސްކޮށްލައިގެން ޓިކެޓް ގަތުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top