ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”

މަޝްހޫރު ޑައިރެކްޓަރ މޫމިން ފުޢާދު ޑައިރެކްޓްކޮށްފައި ނޫރް އެން ނޫރް މޫވީސްގެ “އަބަދަށް” ފިލްމުގައި ޝާރިފް ކުޅެފައިވާ ކެރެކްޓާއިން އޯޑިއަންސަށް ދޭ މެސެޖަކީ “ހޯދުނު ގޮތަކަށް ހޯދާ” ކަމަށް ޝާރިފް ބުނެފިއެވެ.

ޝާރިފުގެ އަޑަށް ނުހަރު ބާރުލަމުން ހަރުކަށި ގޮތަކަށް މިހެން ބުނެފައިވަނީ “އަބަދަށް” ފިލްމުގެ ޕްރޮމޯޝަނަށް ގެނެސްދެމުން އަންނަ “އަބަދަށް – އަންފިލްޓަރޑް”- ހުނަރުން ފުރިގެންވާ ޝާރިފްއާއެކު އެޕިސޯޑް 02ގައެވެ.

ޝާރިފް އާ “އަބަދަށް” ގުޅިފައި ހުރި ގިނަ ކަންކަން މި އެޕިސޯޑްގައި ‘ކުރުކޮށް – ފޮނިކޮށް’ ގެނެސްދީފައިވެއެވެ. އެގޮތުން، ލޯ މަރައިލުމުން “އަބަދަށް” ފިލްމުން އެންމެ ހަނދާންވަނީ ކޮންކަމެއްތޯ އަހައިލުމުން ޝާރިފް ބުނީ:

“ދެ ލޯ މަރާލީމަވެސް، ދެ ލޯ ހުޅުވައިގެން އޮންނަ އިރުވެސް ހަމަ އެންމެ ހަނދާންވާ ކަމަކީ ހަމަ ހުސްފަޔާ މަގުމަތީގަ ވަރަށް ދުވެފަ ހުންނާނެ. އެއީ ހަމަ ވަރަށް ވޭން، އެދުވަހުގެ ޝޫޓް އެއީ ހަމަ ވަރަށް ވޭން. ދެ ލޯ ހުޅުވައިގެން ހުންނަ އިރުވެސް ހަމަ އެއީ އެންމެ ހަނދާންވާ އެއްޗަކީ!”

* “އަބަދަށް” ފިލްމުގެ ލީޑް ޝާރިފް

ހޯދުނު ގޮތަށް ހޯދަން ޝާރިފް އެ އަންގަނީ ކޮން އެއްޗެއްކަން އެނގޭނީ ހަމަ ގައިމުވެސް މި ފިލްމު ބަލައިލީމައެވެ.

މިމަހު 28 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރާ މި ފިލްމުގެ ޕްރިމިއާ އިވެންޓް ވަރަށް ވަރުގަދަ ވާނެ ކަމަށާ ގިނަ ސަޕްރައިޒްތަކެއް ފެނިގެންދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ޙުސައިން ނޫރައްދީން ނާޞިރު (ނޫރް) މުނިއަވަސްއަށް ބުނެފައިވެއެވެ.

@muniavas #𝐀𝐛𝐚𝐝𝐡𝐚𝐡_𝐔𝐧𝐟𝐢𝐥𝐭𝐞𝐫𝐞𝐝 Ep. 2 with the virtuoso Shariph. 𝐀𝐛𝐚𝐝𝐡𝐚𝐡 premieres on 𝟐𝟖𝐭𝐡 𝐀𝐩𝐫𝐢𝐥. Get your tickets now. Visit 𝐎𝐥𝐲𝐦𝐩𝐮𝐬 or call 7447555. #abadhah #noornmovies #movieoftheyear #fearandgreed #maldives #dhivehifilm #fyp #foryou #exclusive #podcast #Shariph @shariph11.21 ♬ original sound – MUNIAVAS

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top