ދީނީ ސުވާލެއް އޮތީތަ؟
ހާދިސާ
ޓައިޓޭނިކުން ސަލާމަތްވި ކްލާރކްގެ ވާހަކަ

އަލަތު ދަތުރަށް ނުކުމެ އުޅެނިކޮށް ގަނޑުފެންގަނޑެއްގައިޖެހި ބިންދައިގެން ގޮސް އަޑިޔަށް ދިޔަ ޓައިޓޭނިކްގެ ވާހަކައަކީ ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. މި ކިޔައިދެނީ ޓައިޓޭނިކާއި ގުޅިފައިވާ ތަފާތު ހާދިސާއެއްގެ ވާހަކައެވެ.

ކުލާރކަކީ އިނގިރޭސި ދަނޑުވެރިޔެކެވެ. ޓައިޓޭނިކްގެ އަލަތު ދަތުރުގައި ބައިވެރިވާން އޭނާ ބޭނުންވިއެވެ. ޓައިޓޭނިކް ބަނދެ ނިމުނުތަނާ، ފުރަތަމަ ދަތުރުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބޮޑު ޚަރަދުކޮށްފަ، މީސްމީހުން ޓިކެޓް ގަންނަމުން ދިޔައެވެ. ޓައިޓޭނިކަކީ އެހާތަނަށް ބަނދެވުނު  އެންމެ ބޮޑު އަދި އެންމެ ރީތި ބޯޓު ކަމަށްވުމާއެކު، ފަތުއަޑުކިޔާފައި ޓިކެޓް ވިކެމުންދިޔައެވެ.

މިދަތުރުގައި ބައިވެރިވާން ކުލާރކު ބޭނުންވިއެވެ.

ކުލާރކުގެ ދެމަފިރިންގެ 5 ދަރިންތިބެއެވެ. އެހެންވެ ކުލާރކު 7 ޓިކެޓް ނެގިއެވެ. އެހާތަނަށް ކުލާރކު ރައްކާކޮށްފައި ހުރި ހުރިހާ ފައިސާއެއް ހޭދަކޮށްގެން 7 ޓިކެޓް ނެގިއެވެ.

ދަތުރުގެ އިންތިޒާރުގައި ދުވަސްތައް ގުނަމުންދަނިކޮށް، އެއްދުވަހަކު ކުލާރކު ގެންގުޅޭ ކުއްތާއެއް އޭނާގެ ދަރިއެއްގެ ގައިގައި ދަތްއެޅިއެވެ. ކުއްތާ ދަތް އެޅުމާއެކު ދަރިފުޅު ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އެކަމާ އޭނާ ވަރަށް ބޮޑަށް ދެރަވިއެވެ. ޓިކެޓްތައް ރިފަންޑެއް ނުކުރެއެވެ. ބުރަ މަސައްކަތުން އެއްކުރިހާ ލާރި ބީވެގެންދިޔުމުގެ އިހްސާސް ކުލާރކަށް ކުރެވުނެވެ. ބާކީ ތިބި 4 ދަރިން ގޮވައިގެން ކުލާރކު ޓައިޓޭނިކުގައި ދަތުރުކުރުމަށް އަނބިމީހާ އެދުނެވެ.

ދާނީތޯ ނުދާނީތޯ މި ދެ ފިކުރުގައި ދެކޮޅަށް ކިރިކިރިހުރުމަށްފަހު، ޓައިޓޭނިކު ފުރަންއޮތް ދުވަހު އެ ދަތުރުގައި ބައިވެރިނުވާން ކުލަރކު ނިންމިއެވެ.

ޓައިޓޭނިކު ފުރި މަންޒަރު ބަލަން ކުލާރކު ދިޔައެވެ.

އުފަލާއެކު ދަތުރުގެ ބައިވެރިން ޓައިޓޭނިކުގެ ޑެކްމަތީގައި އުޅެމުންދާ މަންޒަރު ފެނި ކުލަރކު ފެންކަޅިވިއެވެ. އޭގެ 5 ވަރަކަށް ދުވަސް ފަހުން އެ ހުރިހާ ކަމެއް އެ ދިމާވީ ރަނގަޅަކަށްކަން ކުލާރކަށް އެނގުނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top