ދޫރް ދަރްޝަން ނޭޝަނަލްއިން މިހާރު ދައްކަމުން އަންނަ ‘ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް’ގެ އެލިމިނޭޝަން ބުރުތައް މިމަހު 27 ވަނަ ދުވަހު ވަނީ ފަށާފައެވެ. އެލިމިނޭޝަން ބުރުގައި ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް“ގެ ފުރަތަމަ ހުށައެޅުން މިއަދު (30 އޭޕްރީލް 2025) 17:30ގައި ގެނެސްދޭ ޝޯގައި ފެނިގެންދާނެއެވެ.

އެލިމިނޭޝަން ބުރަށް “ޓޫ އޮފް އަސް” ފިޔަވަޅު އަޅަމުން އެދިފައިވަނީ މިހާރުވެސް އެ ބޭންޑަށް ދިވެހީން ދެމުން އަންނަ ތަރުހީބުދިނުމުގައި ދެމިތިބުމަށެވެ.

@muniavas Watch “2OfUs” Band’s Performance Daily on HilayTV at 17:30 Channel:Live Events 1 #2ofus @Ahmed Adhuham @Shahyd Legacy @𝗡𝗮𝘀𝗼𝗼𝗵🦅 #hilaytv ♬ original sound – MUNIAVAS

އެލިމިނޭޝަން ބުރުތަކުގެ ޝެޑިއުލަށް ބަލައިލާނަމެވެ.

🎤 އެލިމިނޭޝަން ބުރުތައް ފެށުނީ 27 އޭޕްރީލްގައި

🎤 “ޓޫ އޮފް އަސް” ބޭންޑުގެ ހުށައެޅުން 30 އޭޕްރީލްގައި

🎤 01 މެއި 2025: ނަތީޖާ. އެގޮތުން:-

⭐ 06 ބޭންޑެއް އެލިމިނޭޓްވާނެ، 06 ބޭންޑް ސެމީ-ފައިނަލަށް ދާނެ

🎤 02 މެއި 2025: ސެމީ-ފައިނަލްގައި 01 ބޭންޑް އެލިމިނޭޓްވާނެ

🎤 03 މެއި 2025: ގްރޭންޑް ފިނާލޭގައި އެންމެ މޮޅު 05 ބޭންޑުން ހުށައަޅާނެ. އަދި އެންމެ މޮޅު 03 ބޭންޑް އިޢުލާނުކުރާނެ.

@muniavas HilayTV #hilaytv ♬ original sound – MUNIAVAS

ޑީޑީ ނޭޝަނަލް އެޗްޑީއިން ދައްކާ މި ޝޯ “ހިލޭ ޓީވީ”ގެ ލައިވް އިވެންޓްސް 01 ޗެނަލުން ވަގުތުން ބަލައިލެވޭނެއެވެ.

“ހިލޭ ޓީވީ” ސެޓަޕް ހަދާނެގޮތް މި ލިންކުން ވަރަށް ތަފުސީލުކޮށް ލިބެން ހުންނާނެއެވެ.

ހަމަ އެހެންމެ، ‘ވޭވްސް އެޕް’ މެދުވެރިކޮށް މި ޝޯ ބަލައިލެވޭނެއެވެ. މި ލިންކަށް https://www.wavespb.com/links/SH10574jfg ފިތާލައިގެންވެސް ޝޯ ބަލައިލެވޭނެއެވެ.

“ޓޫ އޮފް އަސް” ބޭންޑްގެ ކޮންމެ ހުށައެޅުމެއް ނިމޭތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި މުނިއަވަސް ޓިކްޓޮކް މެދުވެރިކޮށް ރެކޯޑިން ބަލައިލެވެން ހުންނާނެއެވެ.

@muniavas 2OfUs – Day 5 BATTLE OF BAND INTERNATIONAL#Battleofbandsinternational #2ofus #BattleOfTheBandsInternational #Doordarshan #WavesApp #SupportMaldivianMusic #Saregama #dhivehimusic #2ofus #Episode5 #MaldivesToTheWorld #BattleOfTheBandsInternational #WatchLive #AnuMalik #Doordarshan #WavesApp #SupportMaldivianMusic #Saregama @Ahmed Adhuham @Shahyd Legacy @𝗡𝗮𝘀𝗼𝗼𝗵🦅 #dhivehimusic #mezzomode #badanpesitare #bollywood #bollywoodclassic #oldisgold #hindisong #maldivianmusic #shradhapandit ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.