ޑާކް ރެއިން އެންޓަޓެއިންމެންޓުން 2024ވަނަ އަހަރު ރިލީޒްކުރި ވަރުގަދަ ފިލްމު “ފުރޭތަ” އުފެއްދި ޓީމުން ގެނެސްދޭ ފިލްމު “އަލިފާން”ގެ ޓީޒާ ދައްކާލައިފި އެވެ. އާއްމުކޮށްފައިވާ ޓީޒާގެ މަންޒަރުތަކާއި އަޑުތަކުން މި ފިލްމަކީވެސް ދިލަގަދަ، ވަރުގަދަ ފިލްމަކަށް ވެގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.
ޑާކްރެއިނުން، ނިމުނު އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއާއްމުކުރި އެކްޝަން ތްރިލާ ޖޯންރާގެ ފިލްމު “އަލިފާން”ގެ އެންމެ ފުރަތަމަ ޓީޒާގައި ބެލުންތެރިން ޝައުގުވެރިވާނެ ފަދަ ތަފާތު ކަންތައްތަކެއް ފެނިގެންދެ އެވެ.
އުމުރުން 18 އަހަރުން މަތީ އުމުރުފުރާއަށް ކްލެސިފައިކޮށްފައިވާ މި ފިލްމުގެ ޓްރެއިލާއިން ގޭންގް ވަޔަލެންސާއި އެމީހުންގެ ބަހުރުވަ ދައްކައިދެއެވެ. ފައިޓް ސީންތަކެއް ފެނިގެންދެއެވެ. ފައިސަލްގެ ތަފާތު ލުކާއި، އަބްްދުﷲ ނިޔާޒު (ޖޭމު އައްލޯ)ގެ ފައިޓް ސީންގެ އިތުރުން ޝީލާ ނަޖީބް ކުޅެފައިވާ ތަފާތު ރޯލުގެ މިންވަރެއް ފެނިގެންދެއެވެ. މީގެ އިތުރުން ޝަރަފް، އަލީފްގެ އިތުރުންވެސް އިތުރު މޫނުތަކެއް ފެނިގެންދެއެވެ.
ފިލްމު “އަލިފާން”ގެ ޝޫޓިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ނިންމާލާފައިވާއިރު މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކަމަށް ޑާކްރެއިން އިން ބުނެ އެވެ.
މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ 06 އޮކްޓޯބަރު 2025ގަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!