އިންޑިއާގެ ގައުމީ ޗެނަލް ދޫރުދަރުޝަނުން ގެނެސްދެމުން އަންނަ ރިއަލިޓީ މިއުޒިކް ޝޯ ‘ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް’ގައި ފަޚުރުވެރިކަމާ އެކު ދިވެހިރާއްޖެ ތަމްސީލުކުރަމުން އަންނަ ދިވެހި ބޭންޑު “ޓޫ އޮފް އަސް”އިން މި ޝޯގެ ގްރޭންޑް ފިނާލޭގައި ވާދަކޮށް މުބާރާތުން ފަޚުރުވެރި ދެވަނަ ރަނަރަޕްގެ މަޤާމު ހޯދައިފިއެވެ. މިއީ ބައިނަލްއަޤްވާމީ މިއުޒިކީ މައިދާނުގައި ދިވެހިރާއްޖޭގެ ނަން މި ފެންވަރަށް ފުރަތަމަ ފަހަރަށް ފެވިގެންދިޔަ ދިޔުންކަން ފާހަގަކޮށްލެވެއެވެ.
މުންބާއީގައި ބޭއްވި އެންމެ ޝަރަފުވެރި އެއް މިއުޒިކް ރިއަލިޓީ ޝޯގެ ފަޚުރުވެރި ދެވަނަ ރަނަރަޕްގެ މަޤާމުގައި ހިމެނުމާ ގުޅިގެން “ޓޫ އޮފް އަސް”އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ލިބުނު ކާމިޔާބީއަކީ ހަމައެކަނި އެ ބޭންޑުގެ ކާމިޔާބީއެއް ނޫންކަމަށާ މިއީ އެ ބޭންޑަށް އިތުބާރުކޮށް، އެ ބޭންޑަށްޓަކައި އުފާފާޅުކޮށް، އެ ބޭންޑަށްޓަކައި ދުޢާކޮށް އަދި އެމީހުން ބޭރުގެ ސްޓޭޖެއްގައި ތިބިއިރުވެސް ދުވަހަކުވެސް އެމީހުން ތިބީ އެކަނި ނޫންކަމުގެ އިޙްސާސްކޮށްދިނުމުގައި ދެމިތިބި ކޮންމެ ދިވެއްސެއްގެ ކާމިޔާބީއެއް ކަަމަށެވެ.
“އަޅުގަނޑުމެން މި ކާމިޔާބީ ޚާއްޞަކުރަނީ އަޅުގަނޑުމެންގެ ޤައުމަށް، އަޅުގަނޑުމެންގެ ޒުވާނުންނަށް، ރާއްޖޭގެ ޖަޒީރާ ރަށްތަކުން ހުވަފެން ދެކޭ ކޮންމެ މީހަކަށް، އެމީހުންގެ އަޑަކީ އިއްވައިލެވޭނެ އަޑަކަށްވުރެން ކުޑަ އަޑެއްކަމަށް ޤަބޫލުކުރާ މީހުންނަށް — މިއީ ދިވެހީން ދުނިޔޭގެ މައިދާނަށް ނިސްބަތްވާ ކަމުގެ ހެއްކަކަށް ވެގެން ދާނެ ކަމެއް!“
* ޓޫ އޮފް އަސް ބޭންޑް
‘ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް’ އިންޓަނޭޝަނަލްގެ ފަޚުރުވެރި އެއްވަނަ ރަނަޕްގެ މަޤާމު ހާޞިލްކުރީ ސްރީލަންކާގެ ބޭންޑް “ނައިޓްސް” އިންނެވެ.
މި މުބާރާތުގެ ފަޚުރުވެރި ޗެމްޕިއަންކަން ހޯދީ މޮރިޝަސްގެ ބޭންޑް “އިބަނޭޒް” އިންނެވެ.
ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް”ގެ ހުށައެޅުން އަދި މުބާރާތުގެ ނަތީޖާ ވީޑިއޯ
@muniavas 2OfUs 3rd On Battle of Bands International – CONGRA @2ofusmv INTERNATIONAL#Battleofbandsinternational #2ofus #BattleOfTheBandsInternational #Doordarshan #WavesApp #SupportMaldivianMusic #Saregama #dhivehimusic #2ofus #semifinal #MaldivesToTheWorld #BattleOfTheBandsInternational #WatchLive #AnuMalik #Doordarshan #WavesApp #SupportMaldivianMusic #Saregama @Ahmed Adhuham @Shahyd Legacy @𝗡𝗮𝘀𝗼𝗼𝗵🦅 #dhivehimusic #mezzomode @Chootinho Chooti 🇵🇸💚🇲🇻 @jasheem4489 @DhivehiScreen #badanpesitare #bollywood #bollywoodclassic #oldisgold #hindisong #maldivianmusic #shradhapandit #salimmerchant #rajahassan ♬ original sound – MUNIAVAS
