އިންޑިއާގެ “ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް”ގެ ދެވަނަ ރަނަރަޕްކަން ހޯދި ދިވެހި ބޭންޑް، ‘ޓޫ އޮފް އަސް’އިން ބާއްވާ ތާރީޚީ ބޮޑު މިއުޒިކް ޝޯގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި އެސްއެސް މީޑިއާއިން މިއަދު ސޮއިކޮށްފިއެވެ.

“ޓޫ އޮފް އަސް” ގެ ބޮޑު ޝޯގެ މީޑިއާ ޕާޓްނަރުކަމަށް ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްއެސް މީޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު އާސިފް (މޮންދު) އެވެ. ޓޫ އޮފް އަސްގެ ފަރާތުން ސޮއިކުރީ ލަވަކިޔުންތެރިޔާ އަޙްމަދު އަދުހަމެވެ.

“އަޅުގަނޑަށް މި ލިބުނު ކާމިޔާބީގެ، މި ޝައިންގެ އެންމެ ބޮޑު އެއް އަތަކީ މޮންދު، އެހެންވީމަ މި ފުރުސަތު އެހެން އެއްވެސް ބަޔަކަށް ނުދީ، އަޅުގަނޑު ބޭނުންވީ މިހާރު މޮންދު މި ހުންނެވި އެސްއެސް މީޑިއާއަށް ދޭން،

* އަޙްމަދު އަދްހަމް – ޓޫ އޮފް އަސް ބޭންޑް

އެ ރަސްމިއްޔާތުގައި އަދުހަމް ބުނެފައިވަނީ އެ ޝޯގެ މީޑިއާ ޕާޓްނަރަކަށް ވުމަށް އެހެން ބައެއް ފަރާތްތަކުން ހުށަހަޅައިފައިވީ ނަމަވެސް އެސްއެސް މީޑިއާ ޚިޔާރުކުރީ ދެ ސަބަބަކާ ހެދިއެވެ. އެއީ ޒުވާނުން ކުރިއެރުވުމަށް މޮންދު ކުރައްވާ މަސައްކަތްތަކާ ގުޅިގެންނާއި، އެސްއެސް މީޑިއާއިން ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ބޭންޑުގެ ހުށަހެޅުންތަކަށް ސަމާލުކަން ދީފައިވާތީ ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ރަސްމިއްޔާތުގައި މޮންދު ވިދާޅުވީ، އެކި ދާއިރާތަކުން ކުރިއަރަން ބޭނުންވާ ކުދިންނަށް ފުރުސަތު ދިނުމަކީ އެސްއެސް މީޑިއާއިން އިސްކަންދޭ ކަމެއް ކަމަށެވެ.

ޓޫ އޮފް އަސްއިން ބާއްވާ ތާރީޚީ ޝޯގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ ވުމަށް ސޮއިކުރުން — ސަން ފޮޓޯ/ އަފުވާން ސޮލާހް

މިމަހު 23 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބާއްވާ މި ޝޯއަކީ ‘ޓޫ އޮފް އަސް’ ބޭންޑުން ރާއްޖޭގައި ކުޅޭ ފުރަތަމަ ޝޯ އެވެ. މިއީ ‘ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް’ މުބާރާތުގައި ކުރި ދަތުރުގައި ހިތްވަރުދީ އެހީތެރިވެދިން އެންމެހައި ދިވެހި ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ ޝޯއެއް ކަމަށް “ޓޫ އޮފް އަސް” އިން ބުނެއެވެ.

އިންޑިއާގެ ނަން މަޝްހޫރު ބޭންޑެއްގެ ޚާއްޞަ ހުށަހެޅުމަކާއެކު ފަށާ މި ޝޯގައި ރާއްޖޭގެ ބައެއް މަޝްހޫރު ފަންނާނުންގެ އިތުރުން ‘ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް’ ހުށައެޅި އިންޑިއާގެ މަޝްހޫރު އެންޓަޓެއިނަރ ކޭތަން ސިންގް މި ޝޯ ހުށައަޅާއިރު، ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޝްރާދާ ޕަންޑިތު، ޝްރުތީ ޕާތަކް، އަދި ރާޖާ ހަސަންގެ އިތުރުން އިންޑިއަން ފިއުޝަން ބޭންޑް ޝިވޯހަމް ވެސް ބައިވެރިވާނެ އެވެ. އަދި ދިވެހި އާޓިސްޓުންގެ ތެރެއިން މުޙައްމަދު މައިސާން (ބޮކިޓޯސް), އާއި މަމްދޫޙް (ހަރުބީ މަންޑޭ) ވެސް މި ކޮންސަޓުގައި ބައިވެރިވާނެ އެވެ.

މި ޝޯގެ ނަގަން ފުރުސަތު ހުޅުވާލާނީ އަންނަ ހޮނިހިރު ދުވަހެވެ. އެގޮތުން ޓިކެޓް ނެގުމަށް އޮންލައިން ޕޯޓަލްއެއް ތައާރަފު ކުރާނެއެވެ.

މި ޝޯ ކުރިއަށްގެންދަން ނިންމާފައި ވަނީ 23 ވަނަ ދުވަހުގެރޭ 8:00އިން ފެށިގެން 12:00އާ ހަމައަށެވެ.

@muniavas 2OfUs 3rd On Battle of Bands International – CONGRA @2ofusmv INTERNATIONAL#Battleofbandsinternational #2ofus #BattleOfTheBandsInternational #Doordarshan #WavesApp #SupportMaldivianMusic #Saregama #dhivehimusic #2ofus #semifinal #MaldivesToTheWorld #BattleOfTheBandsInternational #WatchLive #AnuMalik #Doordarshan #WavesApp #SupportMaldivianMusic #Saregama @Ahmed Adhuham @Shahyd Legacy @𝗡𝗮𝘀𝗼𝗼𝗵🦅 #dhivehimusic #mezzomode @Chootinho Chooti 🇵🇸💚🇲🇻 @jasheem4489 @DhivehiScreen #badanpesitare #bollywood #bollywoodclassic #oldisgold #hindisong #maldivianmusic #shradhapandit #salimmerchant #rajahassan ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.