ފިޝާވިން/ރޮކްޒީގެ ރައީސް މައުލޫމާތު ދެއްވި ގޮތުގައި، “ވާދެމުމަކީ ދިވެހިންގެ ލެޔާއި ޖޯޝު ކައްކުވާލަދިން ކުޅިވަރެއް” ކަމަށާއި، އަލުން އަނބުރާ އެ ކުޅިވަރު އެ ފޯރީގައި ކުރިއަށް ގެންދިއުމަކީ އެފަރާތުގެ އަމާޒެއް ކަމަށްވެސް ފާހަގަކުރިއެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރަށްރަށުގެ ނަމުގައި ވާދަކުރާ ޓީމުތަކަށާއި، ކްލަބް ޖަމްއިއްޔާތަކަށެވެ. ކޮންމެ ޓީމެއްގައިވެސް 10 ކުޅުންތެރިންނާއި 4 އޮފިޝަލުން ހިމަނަން ޖެހެއެވެ.
މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މެޗުތައް ކުޅެވޭނީ ކޮންމެ ރެއަކު ރޭގަނޑު 8:00 އިން 12:00 އަށެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މެއި މަހުގެ 25 ވަނަ ދުވަހެވެ.
މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 9770107 އަށް ގުޅައިގެން ފަހިވާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
