‘ބޮޑުބެރު މުބާރާތް 2025’ގެ ތިންވަނަ ރޭގެ ހުށައެޅުމާއެކު ލާމަސީލުލާމުގެ ހުނަރުވެރި ”ރިދަމް ބޮޑުބެރު“ ގްރޫޕުން އަމިއްލަ އުފެއްދުން ގެނެސްދިނުމުން ހެޓްރިކެއް ހަދައިފިއެވެ.
“ރިދަމް ބޮޑުބެރު” ގްރޫޕުން މިރޭ ގެނެސްދިން ފުރިހަމަ ނަލަ ލަވަ ‘ގޮމާ‘ އަކީވެސް އެ ގްރޫޕުގެ އަމިއްލަ އުފެއްދުމެކެވެ. ޗާލުޗާލު އަމިއްލަ ރާގެއްގައި ގެނެސްދިން ލޯބީގެ މި ލަވައިގެ ރާގާއި ޅެމަކީވެސް ސަތޭކަ ޕަސެންޓް ދިވެހި އުފެއްދުމެކެވެ.
“ރިދަމް ބޮޑުބެރު” ގްރޫޕުން ފުރަތަމަ ރޭ ގެނެސްދިން ލަވަ އާއި ދެވަނަ ރޭ ގެނެސްދިން ލަވައަކީވެސް ދިވެހިވަންތަ ބޮޑުބެރުގެ އަސަރު އޭގެ ފުންމިނުގައި އިހްސާސްކުރުވި ދެ ލަވަކަން ފާހަގަކޮށްލެވެއެވެ.
ލާމަސީލުލާމުގެ ބޮޑުބެރު ގްރޫޕު “ރިދަމް” އިން އޮރިޖިނަލް އުފެއްދުންތަކެއް ގެނެސްދީ ދިވެހި މިއުޒިކްގެ ލާމަސީލު ނަމޫނާ ދައްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެ ގްރޫޕުގެ ލީޑް ވޯކަލިސް އަފްސަރް މިރޭ ބުނީ މި މުބާރާތުގައި ދެންވެސް ގެނެސްދޭނީ އަމިއްލަ އުފެއްދުމުގެ ލަވަތައް ކަމަށެެވެ.
މިރޭވެސް ޖަޖުންވަނީ ”ރިދަމް“ގެ ހުށައެޅުމަށް ވަރަށްބޮޑަށް ތަޢުރީފުކޮށްފައެވެ. އެގޮތުން މިރޭވެސް މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ) ބުނީ މިއީވެސް ހައްދުންމަތީގެ ހުށައެޅުމެއް ކަމަށެވެ.
މި މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




