”ބޮޑުބެރު ޗެލެންޖު 2025“ގެ ފައިނަލަށް ލާމަސީލުލާމުގެ “ރިދަމް ބޮޑުބެރު” ގުރޫޕް އަދި “ސާދަތިރީސްއަށެއް” ޖާގަ ހޯދައިފިއެވެ.

“ރިދަމް” އަދި “ސާދަތިރީސްއަށެއް”ގެ އިތުރުން ފައިނަލްގައި އިތުރު ގްރޫޕެއް ވާދަކުރާނެއެވެ. މި ގްރޫޕް ހޮވާނީ ބެލުންތެރިންގެ ވޯޓުން އެންމެ ގިނަ ވޯޓް ލިބޭ ގްރޫޕެކެވެ. ވޯޓްލެވޭނީ ޕީއެސްއެމް އެއަރ އެޕްލިކޭޝަން ބޭނުންކޮށްގެންނެވެ.

“ރިދަމް” އިން ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވަނީ ޖަޖުންގެ 483 މާކުހާއެކުގައެވެ. “ސާދަތިރީސްއަށެއް” ފައިނަލަށް ދިޔައީ ޖުމްލަ 506 މާކްސް ހޯދައިގެންނެވެ. 

“ރިދަމް” އިން މި މުބާރާތުގެ ކޮންމެ ހުށައެޅުމެއްގައިވެސް ގެނެސްދީފައިވަނީ އަމިއްލަ އުފެއްދުންތަކެވެ. އެ ގްރޫޕުން ބުނަނީ ކުރިއަށް ހުރީވެސް އަމިއްލަ އުފެއްދުންތައް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.