ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކުރާ ގޯނާ ދައްކުވައިދޭ ”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފިއެވެ. ފިލްމު ”ކަމަނާ“ގެ ޓީމުން އުފައްދާފައިވާ ”ކަނބުލޮ“ގެ ޝޯތަކަށް ނަން ނޯޓު ކުރުމަށް ގުޅާނީ 7458800 ނަމްބަރު މެދުވެރިކޮށް ވައިބާއިން ކަމަށް ޕްރޮޑަކްޝަނުން ވަނީ ބުނެފައެވެ.
ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯ އިން ބުނީ ގިނަ ކޯލްތަކަށް އެއްފަހަރާ ޖަވާބު ނުދެވުނަސް، ޓިކެޓް ނަގަން ބޭނުންވާ ރެއަކާއި އަދަދު ވައިބާއިން މެސެޖު ކުރުމުން ޖަވާބު ދެމުންދާނެ ކަމަށެވެ
2025 އޯގަސްޓް 31ގައި ރިލީޒްކުރާ މި ފިލްމުގެ ލީޒްގައި ހަރަކާތްތެރިވަނީ ކަމަނާގެ ލީޑުންވެސް މޮޅު އެކްޓިންއެއް ދެއްކި އައްޒަގެ އިތުރުން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ނިމާލާއި ޝީލާ ނަޖީބާއި އަހުމަދު އީސައާއި ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ.
މިއީ ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބްދުލްޣަނީ 2009ވަނަ އަހަރު ނެރުނު ވާހަކަ ކަމަށްވާ ”ޔުކްތާ“އަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ. ޔުކްތާ އަކީ 2009ވަނަ އަހަރުގެ ވާހަކަ މުބާރާތުން އެންމެ މޮޅު ވާހަކައަށް ހޮވުނު ވާހަކައެވެ. މި ވާހަކައަށް ބިނާކޮށް ސްކްރީންޕްލޭ ތައްޔާރުކުރީ މަހުދީ އަހުމަދެވެ.
އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ގިނަ މަސައްކަތްތަކެއް ވަނީ މިހާރު ނިމިފައެވެ.
@muniavas KAN’BULO Poster Released @Saturn Studio @AxzxA ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




