”މީގެ ކުރީގައި އަހަރުމެން ބާއްވާ ވަރަށް ގިނަ ޅެން ހަދަން ދަސްކޮށްދޭ ކޯސްތައް ނިންމާރޭ، ލަވަހެދުމާބެހޭ ބައެއް މަޢޫލޫމާތު ޙިއްޞާކުރަން. އެކަމަކު އެއީ ލަވައެއް ހެދުމުގައި ކޮންމެހެން ބޭނުންވާ ވަރަށް މަދު އުކުޅުތައް. ލަވަޔަކީ ޅެމާ ވަރަށް ތަފާތު އެއްޗެއް. އެ އެފްބީ ޕޯސްޓުގައި އެބުނާ ގޮތަށް މިކޯހުގައި ލަވަހެދުމާ ބެހޭގޮތުން އެނގެންޖެހޭ ހުރިހާ މަޢުލޫމާތެއް ކިޔަވައިދޭނަން. އޭރުން ލަވަހަދާއިރު އަދި ލަވައެއް ރީތިކުރުމަށް ކުރަންޖެހޭ ކަންކަން ވަރަށް ބޮޑަށް އޮޅުންފިލާނެ. އަދި ރީތިކޮށް ލަވަހަދަން ދަސްވާނެ!“
* އީސާ ޝަރީފް
”ހަމައެކަނި ރާގު ރީތިވިއަސް ލަވަ ރީތިނުވެދާނެ. އެންމެ ފުރަތަމަ، ލަވައެއްގައި ދައްކާ ވާހަކަ ހިތާ ގުޅެން ވާނެ. އެހެން ނޫންނަމަ ނުދަންނަ ބަސްބަހުން ހުންނަ ލަވަތައްވެސް ރީތިވެ އެ އަސަރު ކުރަން ޖެހޭނެ. އެކަމަކު އެފަދަ ލަވަޔަކުން އެކުރަނީ ތަފާތު އަސަރެއް. އެއީ ރާގާ ކިޔުންތެރިޔާގެ މޮޅުކަމުން ކުރާއަސަރެއް. އެހެނަސް ދަންނަ ބަހަކުން ހެދިފައި ހުންނަ ލަވައިގައި ކިޔާ އިބާރާތުގެ އަސަރު އެއާ ޚިލާފަށް މާތޫނުވާނެ.”
* އީސާ ޝަރީފް
”އެމީހުންނަށް ރީތި ވާހަކަތަކެއް ލިޔެވިދާނެ. އެކަމަކު ރާގުގެ އަސަރާ، ރާގުގެ އަދާތަކަށް އެންމެ ގުޅޭ ލަފުޒުތަކާ، ބޭނުންހައި ތާކަށް ބޭނުން އަކުރެއް ލައިގެން ލަވައެއް ރީތިކޮށް ނުކިޔޭނެކަން އެމީހުނަށް ނޭނގިދާނެ. މިއީ މިޔުޒިކާ ގުޅިފައިވާ ވަރަށް ތަފާތު ކަމެއް.”
* އީސާ ޝަރީފް
”ހަތަރު ކުލާސް ނިމޭއިރު ކުރިން ލަވަހެދުމާމެދު ވިސްނެމުން އައީ ގޯސްކޮށްކަން އަމިއްލަ ނަފްސަށް ގެރެންޓީ ވާނެ. އަދި ކޮންމެ ކޮންމެ ލަފުޒެއް ރާގުގެ ކޮންމެ ހިސާބަކަށް ނުލެވޭނެކަންވެސް ރަނގަޅަށް އެނގޭނެ. ކޯސްނިންމާފައި އަމިއްލައަށްވެސް، ރީތިކޮށް ލަވަހެދޭކަމުގެ އިޙުސާސް ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދެން.”
* އީސާ ޝަރީފް
”މި ބަލަނީ މިމަހު 30ވަނަ ދުވަހު ކޯސް ފެށޭތޯ. އެއީ ޗުއްޓީތެރެއަށް ހަމަޖައްސައިދިނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދުނީމަ. ކޯހުގެ ފީއަކީ -/599ރ. ދެން ކުރާނޭ ސުވާލު އެނގޭތީ ބުނެލާނަން. ކިޔަވައިދޭނީ ޒޫމް އެޕްލިކޭޝަންގަ. ރޭގަނޑު 9 ޖަހާއިރު.”
* އީސާ ޝަރީފް
”އަހަރެންގެ މިޔުޒިކީ ޙަޔާތުގައި އެންމެ ރީތި އަދި އެންމެ މަޝްހޫރުވީ ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާނީ ހަންނާނާ އެކީގަ. އެއީ އިއްތިފާޤެއް ނޫން. އެއީ އަހަރެންގެ ނިންމުމެއް. އޭނާ މިކަންކަމުގައި މޮޅުވެފައި ތޫނު ކަމުން. މިކޯހުގައި އޭނާ ޕްރޮފެޝަނަލް ލަވަކިޔުންތެރިއެއްގެ ޙައިޞިއްޔަތުން އަދި މޮޅު މިޔުޒީޝަނެއްގެ ޙައިޞިއްޔަތުން ބޮޑެތި އުނދަގޫ ރާގުތަކަށް ބޭނުންހާ ގޮތަކަށް ލަވަ ލިޔެގެން ނުކިޔޭ ސަބަބުތަކާ އެކަން ކުރަންޖެހޭ ގޮތް ކިޔައިދޭނެ.”
* އީސާ ޝަރީފް
https://forms.gle/8SFAf9kdvo2mQNQ58
މި ލިންކުން ފޯމް ފުރާލިއަސް ވަގުތުން ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




