ޝަހާދަތުލް ޤުރުއާން އޮންލައިން ޙިފްޒް ކުލާހުން މިއަހަރުވެސް ކީރިތި ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމަށް ގިނަގުނަ ފުރުޞަތުތަކެއް ހުޅުވާލާފައިވާ ކަމަށް އެ ކުލާހުން ބުނެފިއެވެ.

2021 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ޝަހާދަތުލް ޤުރުއާން އޮންލައިން ޙިފްޒް ކުލާހަކީ ބެލެނިވެރިންނާއި ދަރިވަރުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ އަދި ނަތީޖާ ނެރެދެމުން އަންނަ ކުލާހެކެވެ. އެގޮތުން މި ކުލާހުން މި އަހަރުވެސް ގިނަ ފުރުޞަތުތަކެއް ވަނީ ހުޅުވާލާފައެވެ.

ޝަހާދަތުލް ޤުރުއާން އޮންލައިން ޙިފްޒް ކުލާހުން ހިންގާ ކުލާސްތަކާ ބެހޭގޮތުން މުނިއަވަސް އޮންލައިންއަށް މަޢުލޫމާތުދެމުން ކުލާހުގައި ކިޔަވައިދެއްވާ ޕާކިސްތާނުގެ ޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން ވިދާޅުވީ މިއަހަރުވެސް ހިތުދަސް ކުލާހާއި މުރާޖަޢާ ކުލާސް ކުރިއަށްގެންދާނެ ކަމަށެވެ.

”ހިތުދަސް ކުލާހުގައި ކޮންމެ ދުވަހަކުވެސް ދަރިވަރުންނަށް ފިލާވަޅު ނަގައިދެވޭނެ. އަދި މުރާޖަޢާވެސް ކުރިއަށް ގެންދާނެ. މުރާޖަޢާ ކުލާހުގައި، ހިތުދަސްކޮށްފައިވާ ދަރިވަރުންނަށް ވަކިން 30 މިނެޓް މުރާޖަޢާ ކުރުމަށް ހަމަޖައްސައިދެވޭނެ.

* އަލްޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން

ހިތުދަސް ކުލާހާއި މުރާޖަޢާ ކުލާހުގެ އިތުރުން ”މުތަޝާބިހާތުލް ޤުރުއާނުލް ކަރީމް“ ކުލާހެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކީރިތި ޤުރުއާނުގައި ތަކުރާރުވެފައިވާ އާޔަތްތައް ނުވަތަ އެއްގޮތް ސިފަތަކެއް ހުންނަ އާޔަތްތައް ކިޔަވައިދޭ ކުލާހެކެވެ.

”’މުތަޝާބިހާތުލް ޤުރުއާނުލް ކަރީމް‘ ކުލާހުގައި ބައިވެރިވެވޭނީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ދަރިވަރުންނަށް. މިއީ ކީރިތި ޤުރުއާނުގައި ތަކުރާރުވެފައިވާ އާޔަތްތަކާއި އަދި ތަކުރާރުވެފައިވާ އާޔަތާއި އެއް ކަހަލަ ގޮތަކަށް އައިސްފައިވާ އާޔާތްތައް، އަދި އެއްގޮތް ވެގެންވާ އާޔަތްތަކުން ކުރެ ކަލިމަތަކެއް އެއްގޮތަށް އައިސްފައިވާ އާޔަތްތައް ދަސްކޮށްދިނުމަށް ހިންގާ ކުލާހެއް.

* އަލްޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން

ޝަހާދަތުލް ޤުރުއާން އޮންލައިން ޙިފްޒް ކުލާހުން މިހައިތަނަށް އައިއިރު ވަނީ އެމީހުންގެ ޓާގެޓުގައި ބަޔާންކޮށްފައިވާ ގޮތަށް ހަމަ އެންމެ 3 އަހަރުގެ މުއްދަތުގައި ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ދަރިވަރުންތަކެއް އުފައްދައިދީފައެވެ.

”އެންމެ 3 އަހަރުގެ މުއްދަތުގައި ކީރިތި ޤުރުއާން ހިތުދަސްކުރަން ބޭނުންފުޅުވާ ބޭފުޅުންނަށް ޝަހާދަތުލް ޤުރުއާން އޮންލައިން ހިތުދަސް ކުލާހުންވަނީ ފުރުސަތު ހުޅުވާލާފައި. އަދި ޚާއްސަކޮށް ޤުރުއާން ކިޔަވާދެއްވާ ބޭފުޅުންނާއި ޤާރީ ލެވެލް ހަދާފައިވާ ބޭފުޅުންނަށް އެންމެ 3 މަސް ދުވަހުގެ ތެރޭގައި ދިގު ރާގު ދަސްކޮށްދިނުން ވެސް އޮންނާނެ.

* ޝަހާދަތުލް ޤުރުއާން ކުލާސް

ޝަހާދަތުލް ޤުރުއާން ކުލާހުން ކުރިއަށްގެންދާ ދިގު ރާގު ކުލާހާއި ޚަތިމު ކުލާސް ވެސް މިއަހަރު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

”މީގެ އިތުރުން ފިރިހެން ދަރިވަރުންގެ ތެރެއިން ބަންގި، ޤަމަތް އަދި އިމާމުވެ ނަމާދުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން މިކަންކަން ދަސްކޮށްދިނުމުގެ ކުލާހެއް ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމާފަ.

* އަލްޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން

ޝަހާދަތުލް ޤުރުއާން ކުލާހުގައި ކިޔަވައިދެއްވާނީ ދިވެހިންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގައި 15 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޕާކިސްތާނަށް ނިސްބަތްވާ ޤާރީ އުސްތާޛުންނެވެ.

ޕާކިސްތާނުގެ ޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން

ލޯތްބާއި އޯގާތެރިކަމާއެކު އުނގަންނައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ޤާބިލު މުދައްރިސުން، ޝަހާދަތުލް ޤުރުއާން ކުލާހުގައި ކިޔަވައިދޭނީ ދަރިވަރުންގެ ފެންވަރަށް ބަލައި އެ ދަރިވަރެއްގެ ފެންވަރުންނެވެ.

ކުރިއަށް އޮތް ކުލާސްތަކުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ބޭފުޅުން، ނަން ނޯޓް ކުރެއްވުމަށް 21 ޖުލައި އިން 7 އޮގަސްޓްގެ ނިޔަލަށް ފުރުޞަތު ހުޅުވާލާފައިވެ އެވެ. ނަންނޯޓުކުރެއްވުމަށް 923033473784+ ނަންބަރަށް ފުރިހަމަ ނަން، އުމުރު އަދި ވަޓްސްއެޕް ބޭނުންކުރައްވާ ނަންބަރު ފޮނުވުމަށް، ޝަހާދަތުލް ޤުރުއާން އޮންލައިން ހިތުދަސް ކުލާހުން އެދެ އެވެ.

މި ކުލާހުގެ އިސް މުދައްރިސަކީ ރާއްޖޭގައި ގިނަ އަހަރު ތަކެއް ވާންދެން ޤުރުއާން ކިޔަވައިދެއްވުމުގައި ހޭދަކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން އެވެ. މުޙައްމަދު އުޘްމާން އަކީ ރާއްޖޭގައި ކީރިތި ޤުރުއާން އުނގަންނަވައިދެއްވުމުގެ އިތުރުން ތަޖުވީދު ޢިލްމުގެ ފޮތްތައް ދިވެހިބަހުން ލިޔުއްވައި ޝާއިޢުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.