ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަލިފާން” ގެ ‘ފަރީދާ’ އާ ދިމާވެއްޖެތަ؟

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކުރިއަށް އޮތް ވަރުގަދަ ފިލްމު “އަލިފާން“ގެ ކެރެކްޓަރު ޕޯސްޓަރުތައް އާއްމުކުރަން ފެށުމުގެ ގޮތުން ފުރަތަމަ ދައްކާލާފައިވަނީ މި ފިލްމުގައި “ފަރީދާ”ގެ ރޯލުކުޅޭ ރާއްޖޭގެ ހުނަރުވެރި، މަޝްހޫރު އެކްޓްރެސް ޝީލާ ނަޖީބު ވަރަށް ތަފާތު ގޮތަކަށް ފެނިދާ ޕޯސްޓަރެކެވެ.

ޕޯސްޓަރު އާއްމުކުރަމުން ހިއްސާކޮށްފައިވާ އަލިފާނުގެ ދިލަގަދަ ލިޔުންކޮޅުންވެސް މި ކެރެކްޓަރގެ ވަރުގަދަކަން ހާމަވެއެވެ.

“ފަރީދާއާ ބައްދަލުކުރައްވާ – ވަރުގަދަ، ފަސްނުޖެހޭ، އަދި އަޅާނުލާ ދޫކޮށްލުން މުސްތަޙީލު މީހެކެވެ. ޝީލާ މި ފިލްމުގައި ދިރުވައިދެނީ ތިބާ ބިރުގަންނާނެ އަދި ހަނދާނުގައި ހުންނާނެ ކެރެކްޓަރެއް…. 🔥

ޝީލާގެ ހެދުމާއި އޭނާ އިށީންދެގެން އިން ގޮތާއި، އަތުގައި އޮތް ސިނގިރޭޓާއި އޭނާގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުން ސިފަވެގެންދަނީ ފިސާރި ނުލަފާ، ބާރުގަދަ ކެރެކްޓަރެއް ކަމަށް ބެލެވެއެވެ.

06 އޮކްޓޯބަރު 2025ގައި އޮލްިމަޕހުގައި ރިލީޒްކުރާ ފިލްމު “އަލިފާން” ޑައިރެކްޓްކޮށްފައިވަނީ އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު އެވެ. ޕްރޮޑިއުސް ކޮށްފައިވަނީ މުހައްމަދު އަލީ (މޮގާ)އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. މި ފިލްމުގެ ސްކްރީން ޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ.

އުމުރުން 18 އަހަރުން މަތީ އުމުރުފުރާއަށް ކްލެސިފައިކޮށްފައިވާ މި ފިލްމުގެ ޓްރެއިލާއިން ގޭންގް ވަޔަލެންސާއި އެމީހުންގެ ބަހުރުވަ ދައްކައިދެއެވެ. ފައިޓް ސީންތަކެއް ފެނިގެންދެއެވެ. ފައިސަލްގެ ތަފާތު ލުކާއި، އަބްްދުﷲ ނިޔާޒު (ޖޭމު އައްލޯ)ގެ ފައިޓް ސީންގެ އިތުރުން ޝީލާ ނަޖީބް ކުޅެފައިވާ ތަފާތު ރޯލުގެ މިންވަރެއް ފެނިގެންދެއެވެ. މީގެ އިތުރުން ޝަރަފް، އަލީފްގެ އިތުރުންވެސް އިތުރު މޫނުތަކެއް ފެނިގެންދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top