އައްޑޫ ސިޓީ މަރަދޫ ބޮނޑޮގޭ ގައި ހުޅުވޭ އާރޓް ގެލެރީއަށް ކިޔާނެ ނަމެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އާއްމުންގެ ޚިޔާލަށް އެދިއްޖެއެވެ. އައްޑޫ ސިޓީ ކައުންސިން މިއަދު ގެޒެޓްގައި އާއްމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އައްޑޫސިޓީ މަރަދޫ ”ބޮނޑޮގޭ“ އިމާރާތުގައި އާރޓް ގެލެރީއެއް ހުޅުވުމަށް ކައުންސިލުން ތައްޔާރުވަމުން ދާތީވެ މި ތަނަށް ކިޔާނެ ނަމެއް ހޯދުމަށް ބޭނުންވާތީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނަން ހުށައެޅުމަށެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މިޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ގޫގުލް ފޯރމް https://forms.gle/9ATNEssex4QAP3BB6 މެދުވެރިކޮށް 22 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން ނަން ހުށަހެޅުމަށް ދަންނަވާފައިވެއެވެ. ފޯމް މެދުވެރިކޮށް ހުށަހަޅާ ނަންތަކުގެ ތެރެއިން މަރަދޫ ބޮނޑޮގޭ އާރޓް ގެލެރީގެ ނަން ކައުންސިލްގެ ރަސްމީ ޖަލްސާ އިން ފާސްކުރެވޭނެ ކަމަށްވެސް އެ އިޢުލާނުގައި ދަންނަވާފައިވެއެވެ.
އައްޑޫ ސިޓީ މަރަދޫ ބޮނޑޮގޭ ގައި ހުޅުވޭ އާރޓް ގެލެރީގެ ބޭނުމަކީ އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވާ އައްޑޫއަށް އަންނަ ފަތުރުވެރިންނާއި އާންމު ފަރާތްތަކަށް އައްޑޫގެ ތާރީޚާއި ސަފާގަތް އަދި އައްޑޫއާއި ގުޅުންހުރި ވާހަކަތައް ކިޔާދިނުންކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ބޮނޑޮގެއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1941 ވަނަ އަހަރު، އައްޑޫގައި ތިބި އިނގިރޭސި ސިފައިންގެ ބޭނުމަށް އިމާރާތްކުރެވުނު ތާރީޚީ ބިނާއެކެވެ. މިތަނުގެ ހޯލަކީ މަރަދޫގައި ފިލްމު ދެއްކުމަށްޓަކައި ބޭނުންކުރަމުން އަންނަ ތަނެއްކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




