ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަލިފާން” ވީ ޝީލާއަށް ވެސް ޗެލެންޖަކަށް!

ލިބޭ ހަމަ ކޮންމެ ކެރެކްޓަރއެއް ވަރަށް މޮޅަށް ކުޅެމުން އަންނަ ހުނަރުވެރި އެކްޓްރެސް ޝީލާ ނަޖީބް ބުނީ މި ފިލްމުގައި އޭނާ ކުޅެފައިވާ ފަރީދާގެ ކެރެކްޓަރ ލިބުމާއެކު މި ކެރެކްޓަރ ކުޅެވިދާނެބާއޭ ހިތަށް އެރިކަަމަށް ޝީލާ ބުންޏެވެ.

“އަހަރެން މީގަ ކުޅެނީ ފަރީދާގެ ބައި، ދެން ފަރީ ކިޔާނީ ފިލްމުގަ ދެން. އަނެއްހެން މި ފުރަތަމަ މި ކެރެކްޓަރ ލިބުނީމަ ހިތަށްއެރި ކުޅެވިދާނެބާއޭ؟ އަނެއްހެން އާއްމުކޮށްވެސް އުޅޭ ކަހަލަ ގޮތަކަށް ނޫން މި ކެރެކްޓަރ އިންނަނީކީވެސް-
– ޝީލާ ނަޖީބް

06 އޮކްޓޯބަރު 2025ގައި އޮލިމަޕަހަށް އަންނަ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ “އަލިފާން” ފިލްމުގައި ޝީލާ ކުޅެފައިވާ ރޯލު ޚުދު އޭނާއަށްވެސް ވީ ޗެލެންޖަކަށް ކަމަށް ބުނުމުން އެކަނިވެސް، މި ކެރެކްޓަރ ރޯލުގެ ތަފާތުކަން އިހްސާސްކޮށްލެވެއެވެ. މި ފިލްމުގައި ޝީލާ ކުޅެފައިވާ ރޯލާއި ފިލްމުގެ މަސައްކަތްތަކާމެދު ދައްކާފައިވާ ވާހަކަތައް ބަލައިލުމުން ހަމަ ގައިމުވެސް ‘ފަރީދާ’ ބަލައިލާ ހިތްވާނެއެވެ.

ފިލްމު “އަލިފާން” ޑައިރެކްޓްކޮށްފައިވަނީ އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު އެވެ. ޕްރޮޑިއުސް ކޮށްފައިވަނީ މުހައްމަދު އަލީ (މޮގާ)އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top