އެންމެންގެ ފިލްމު – ޓެގްލައިންއާއެކު ފިލްމުގެ ކްރޫ އާއި ކާސްޓުން ފިލްމުގެ ޕްރޮމޯޝަންގައި ހަރަކާތްތެރިވަމުން އަންނަ ފިލްމު “އިލްޒާމް” އޮލިމްޕަހަށް އައުމާމެދު ދެން އޮތީ ހަމަ އެންމެ ދުވަހެކެވެ. 2025 އޮކްޓޫބަރު 20ގައި އޮލިމްޕަހުގައި ދައްކަން ފަށާ މި ފިލްމު ރާއްޖޭގެ ގިނަ ރަށްތަކެއްގައިވެސް ދައްކަން ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ 90 އަށް ވުރެން ގިނަ ރަށުގައި ދިވެހި ފިލްމު “އިލްޒާމް” ދައްކަން މިހާރު ވަނީ ހަމަޖެހެފަ އެވެ.
ރަށްރަށުގެ އިތުރުން ރިސޯޓުތަކުގައި ފިލްމު އެޅުވުމަށް ގުޅާނީ 9105590 މި ނަންބަރަށެވެ.
ފިލްމް ”އިލްޒާމް“ގެ ވާހަކަ ބިނާކޮށްފައިވަނީ ދިވެހި މުޖުތަމައުގައި ހިނގަމުންދާ އަދި ހިނގާފައިވާ ބައެއް ހަގީގީ ހާދިސާތަކުން ޚިޔާލު ނަގައި، އެކަންކަމުން ބެލުންތެރިންނަށް ހެޔޮ ރަނގަޅު މެސެޖްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދު ޙާސިލުކުރުމަށް ވިސްނާފައެވެ.
ޔޫސުފް ޝަފީޢު ޑައިރެކްޓްކޮށް، މުޙައްމަދު ޢަބްދުالله ގެ ‘ދެކެދެކެވެސް ޕްރޮޑަކްޝަން’ އަދި ‘ޔޫއްޕެ ޕްރޮޑަކްޝަނުން’ ޕްރޮޑިއުސްކޮށް އުފައްދާފައިވާ މި ފިލްމަކީ ނަފްރަތާއި ހަސަދަ، ލޯތްބާއި ހިތާމަ، އެކުވެރިމަކާއި ދެކޮޅުވެރިކަން، އާއިލީ ހަސަދައާއި ފިތުނަ، ދަރިންނާއި މައިންފައިންގެ ގުޅުން ފެނިގެންދާނެ ފިލްމެކެވެ.
