ޑާކް ރެއިން އެންޓަޓެއިންމެންޓުން މި އަހަރު ޑިސެމްބަރު 1 ގައި ނެރޭ ފިލްމުގެ ނަން ހާމަކޮށްފިއެވެ. މި އަހަރަށް އަލްވަދާޢުކިޔުމުގެ ގޮތުންނާއެކު ޑާކް ރެއިންއިން ގެނެސްދޭނީ ”އަލްވަދާޢު“ އެވެ.
އަސަރުގަދަ ލޯބީގެ ފިލްމެއް ގެނައުމަށް އުފައްދާ މި ފިލްމަކީ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ކެމެރާކުރާނީ ފިލްމު ޑައިރެކްޝަނުންވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.
އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.
”މި ފިލްމަކީ ރޮމޭންޓިކް ފިލްމެއް. ފިލްމު އޮލިމްޕަހަށް އަންނާނީ 1 ޑިސެމްބަރުގަ އޮލިމްޕަހަށް.
މިއީ އަޅުގަނޑުމެން ޖެނެރަލް އޯޑިއަންސަކަށް ތައްޔާރުކުރާ ފިލްމެއް.“
– ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ)
ޑާކް ރެއިން އެންޓަޓެއިންމެންޓުން އެންމެ ފަހުން ސިނަމާއަށް ރިލީޒްކުރި ”އަލިފާން“ ފިލްމު އޮލިމްޕަހުން ނެގިއިރުވެސް ބޮޑު ތަރުހީބެއް ލިބެމުން އައިކަން ފާހަގަކޮށްލެވެއެވެ. ލިމިޓެޑް އޯޑިއަންސަކަށް ޓާގެޓްކޮށް އުފެއްދި ”އަލިފާން“ގެ ދިލަކަން ނުފިލައި އުޅެނިކޮށް މިފަހަރު ޑާކް ރެއިންްއިން އުފައްދަން އެ ފަށަނީ ލޯބީގެ ދިލަކަން އިންތިހާއަށް ފެނިގެންދާނެ ”އަލްވަދާޢު“ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




