ދީނީ ސުވާލެއް އޮތީތަ؟
ހޮލީވުޑް
“ލިލީ” ގެ ޓިކެޓް އޮލިމްޕަހުން މިއަދު ހަވީރު ވިއްކަން ފަށަނީ

މި އަހަރު ނޮވެމްބަރު މަހު 20 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ދައްކަން ފަށާ ފިލްމު “ލިލީ”ގެ ޓިކެޓް އޮލިމްޕަހުން މިއަދު ހަވީރު ވިއްކަން ފަށާނެ ކަމަށް ‘ކްރިއޭޓިވް ނެޓްވޯރކް’ އިން ބުނެފިއެވެ. މިއަދު ހަވީރު 16:30 ން ފެށިގެން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ގަންނަން ލިބޭނެއެވެ.

ފިލްމު “ލިލީ”ގެ ޓިކެޓް ބުކް ކުރުމަށް 7505078 ވައިބާ މެދުވެރިކޮށް ނުވަތަ ވެބްސައިޓު www.book.lilythemovie.com ކޮށް ވެސް ކުރިއަށް ދެވޭނެއެވެ.

ލިލީ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ އައިޝާ އަލީ އާއި އަހުމަދު ޝާރިފްގެ އިތުރުން މުހައްމަދު އިޝްފާން އަދި މަރިޔަމް ޝިމާ އެވެ. އޭގެއިތުރުން ފިލްމުގެ މުހިންމު އެހެން ރޯލްތަކުން އަހުމަދު ނިމާލް އާއި މަރިޔަމް ހަލީމް އާއި އައިޝަތު އާރިފާ އަދި އަލީ ފާރޫގު އާއި މުހައްމަދު ވަހީދު ވެސް ފެނިގެންދާނެ ކަމަށް ކްރިއޭޓިވް ނެޓްވޯކުން ބުންޏެވެ.

“ލިލީ” ފިލްމަކީ މުޙައްމަދު އަރީހު އުފައްދައި އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ. މިއީ ކްރިއޭޓިވް ނެޓުވޯކުގެ ބެނާގެ ދަށުން އުފައްދާ ފުރަތަމަ ފިލްމެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ސަމާހު އިބްރާހީމް އެވެ.

އަޒްހާން އިބްރާހިމް ބުނި ގޮތުގައި “ލިލީ” އަކީ އޭނާގެ ކުރީގެ މަސައްކަތްތަކަށްވުރެން ހުރިހާ ގޮތަކުންވެސް މޮޅު މަސައްކަތަކަށް ވާނެ އެވެ. އަދި މިއީ ހަގީގީ ހާދިސާތަކެއްގެ ތެރެއަށް ޚިޔާލީ ކަންތައްތަކެއް އިތުރުކޮށްގެން އުފައްދާފައިވާ މަސައްކަތެއް ކަމުން ގިނަ ބަޔަކާއި ގުޅޭނެ ފިލްމަކަށް މި ފިލްމު ވާނެ ކަމަށްވެސް އަޒްހާން ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top