ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިނބޭން ރަށު “އަލްވަދާޢު” އަޅުވާން ބޭނުންތެ؟

ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދަން ފަށާފައިވާ ފިލްމު “އަލްވަދާޢު” ރަށްރަށުގައި އަޅުވަން ބޭނުން ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ޑާކް ރެއިން އިން މިއަދު އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރަށްރަށުގައި ފިލްމު އަޅުވަން ބޭނުން ފަރާތްތަކުން 9911229 އަށް ވައިބަރުން މެސެޖެއް ކޮށްލުމަށެވެ.

2025 ޑިސެމްބަރު 01 ވަނަ ދުވަހުގެ ރޭ މުޅި ރާއްޖޭގައި މި ފިލްމު ދައްކަން ފެށުމަށް ޑާކް ރެއިން އިން އަމާޒުހިފާފައިވާކަން އެ ޕްރޮޑަކްޝަނުން އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

މީގެ ހަތަރު ދުވަސް ކުރިން ފިލްމު ”އަލްވަދާޢު“ގެ ފުރަތަ ފަސް ޝޯއަށް ޕްރީ ބްކިން ހެދުމަށް ހުޅުވައިލުމާއެކު ބޮޑު ތަރުހީބެއް ލިބުނު ކަމަށް ޑާކް ރެއިން އިން ބުނެފައިވެއެވެ.

ފިލްމު ”އަލްވަދާޢު“ގެ ޓިކެޓް ބުކްކުރުމަށް ޑާކް ރެއިންގެ ނަންބަރު 9911229 އަށް ވައިބަރުން މެސެޖް ކުރުމަށް އެދިފައިވެއެވެ.

މި ފިލްމަކީ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ކެމެރާކުރާނީ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.

”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top