ދިވެހި ފިލްމުބެލުންތެރިންގެ މެދުގައި އެންމެ މަޤުބޫލު ފިލްމުތަކުގެ ލިސްޓްގެ އެންމެ ކުރީގައި އުޅޭ އެއް ފިލްމު ”ކަލާޔާ ނުލާ“ގެ ރީމޭކެއް ނުވަތަ ސީކުއަލްއެއް ހަދާކަމަށް ވާނަމަ އެ ފިލްމު ކުޅެވިދާނެ ކަމަށް ކުރީގެ މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދު ބުނެފިއެވެ. ނިޢުމާ މިހެން ބުނީ މިމަހު 08ވަނަ ދުވަހުގެ ރޭ ކްރިސްޓަލް އެންޓަޓެއިންމެންޓުން ކުރިއަށް ގެންދިޔަ ލައިވްގައި ވާހަކަދައްކަމުންނެވެ.
ފިލްމު ”ކަލާޔާ ނުލާ“ގެ އެހެން ޕާޓެއް ނުވަތަ ރީމޭކެއް ހަދަން ވިސްނަންވީތޯ ނިޢުމާ ކުރެން ފާތިމަތު ނަހުލާ ސުވާލުކުރުމުން ނިޢުމާ ބުނީ އެކަމާ ވިސްނުމަށެވެ.
”ވިސްނަބަލަ ނަހޫ ދެން އަޅެދޯ ދެން!
ހުންނާނެ ދޯ ބައެއް ސިގްނޭޗަރ ފިލްމުތައް މިސާލަކަށް ދޯ. އެ ނުވާނެ އަލުން ފިލްމު ކުޅުމަކަށްށެއްދޯ. މިހާރު ބައެއް ސިގްނޭޗަރ ފިލްމު މިސާލަކަށް ފަތިސްހަނދުވަރު، ޔޫސުފް، ކަލާޔާ ނުލާ؛ ނިޢުމާ – މިކަހަލަ ފިލްމުތަކުގަ މިސާލަކަށް ރީމޭކެއް ހަދަންޏާމުން ދެން ކުޅެވިދާނެ ދެން އަސްލު އަނެއްހެން މައްސަލައެއް ނޫންކަން ނޭގެ އެ، އެ ނުވާނެކަން ނޭނގެ ދާއިރާއަށް އަލުން މަސައްކަތަށް ނުކުތް ކަމަކަށެއް ދޯ.“
– ކުރީގެ މަޝްހޫރު ފިލްމީ ތަރި ނިޢުމާ މުޙައްމަދު
ރޭގެ ލައިވްގައި ނިޢުމާގެ ފިލްމީ މަސައްކަތްތަކާއި އަދި ވަކީން ޚާއްޞަކޮށް ނަހޫ ޫއާއެކު ކޮށްފައިވާ މަސައްކަތްތަކާ ބެހޭގޮތުން ގިނަ ވާހަކަތެއް ދައްކާފައިވެއެވެ. މީގެ އިތުރުން ނަހޫގެ އެންމެ މަޝްހޫރުވި އެއް ވާހަކަ ”މަންޖެ“ގެ ހަވަނަ ޗާޕު ނެރެ ވިއްކަން ފެށުންވެސް ރޭގެ ޝޯގެ ތެރެއިން ކުރިއަށް ގެންދިޔައެވެ. މި ފޮތް ވިއްކަން ފަށައިދިނީ ނިޢުމާ މުޙައްމަދު އެވެ.
@muniavas Film KALAAYAA NULAA ge Remake eh Kulhen Niuma Aan Bas Bunefi ”ކަލާޔާ ނުލާ“ ގެ ރީމޭކެއް ކުޅެން ނިޢުމާ އާނބަސް ބުނެފި @crystalentertainmentmv @neumamohamed77 #kalaayanulaa #fy #fypシ゚ #fyppppppppppppppppppppppp #fypageシ #fypage ♬ original sound MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




