ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަލްވަދާޢު” ފިލްމުގެ ޓްރެއިލާ ނެރެފި

“މިކަހަލަ ވިއްސާރަ ރެޔެއް، އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލި!” ވޭނީ ކެކުޅުމުގެ އަޑަކުން އަނާޔާ (މަރިޔަމް މަޖުދާ) ކިޔައިދޭ އަޑު އިވެއެވެ. އޭނާގެ ޙަޔާތަށް ކުރިމަތިވި އެތޫފާނީ ރޭގެ ވާހަކަތައް އެ ކިޔައިދެނީ ފިލްމުގެ ލީޑްގައި ހަރަކާތްތެރިވާ ޝަރަފަށް ކަމަށް ބެލެވެއެވެ.

“މިހާރުވެސް ވާރޭގެ އަޑު އިވޭ އިރަށް ހީވަނީ އަހަރެން ތެމެނީއޭ، އެކަނިމާއެކަނި ތެމެނީއޭ.” އަނާޔާ (މަރިޔަމް މަޖުދާ) މި ވާހަކަތައް އަސަރާއެކު ކިޔައިދެމުން ދާއިރު، އަޑު އަހަން އިންނަނީ ޝަރަފް އެވެ.

“އަހަރެން ދުނިޔޭގަ ހުރިހާ ހިނދަކު، އަނާޔާ ނުޖެހޭނެ އެކަނި ވާރޭގަ ތެމޭކަށް. އައި ޕްރޮމިސް.” އަނާޔާގެ މޫނަށް ބަލަން އިނދެ އަސަރާއެކު ޝަރަފް ވަޢުދުވެއެވެ.

މިއީ މިއަހަރު ޑިސެމްބަރު 01ގައި ރިލީޒްކުރާ ފިލްމު “އަލްވަދާޢު”ގެ ޓްރެއިލާގައި ހުރި އަސަރުގަދަ ޑައިލޮގުތަކާއި މަންޒަރުތަކުގެ މިންވަރެކެވެ. ޑާކް ރެއިން އެންޓަޓެއިންމެންޓުން މިއަހަރަށް އަލްވަދާޢުކިޔުމަށް ނެރޭ މި ފިލްމަކީ އަސަރުގަދަ ލޯބީގެ ފިލްމަށް ލޯބިކުރާ ބެލުންތެރިންނަށް ވަރަށް ޚާއްޞަ ފިލްމަކަށް ވާާނެ ފިލްމެކެވެ.

ޓްރެއިލާއިން ފެނިގެންދާ އަސަރުގަދަ މަންޒަރުތަކާއި ފެންނަ ޓްވިސްޓްތައް ބަލައިލުމުން ނޫނީ މި ފިލްމުގައި ހުރި ވަރެއް ވަޒަންކޮށްލާކަށް ނޭނގޭނެއެވެ.

މި ފިލްމަކީ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ކެމެރާކުރާނީ ފިލްމު ޑައިރެކްޝަނުންވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.

އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top