މިމަހު 20 ވަނަ ދުވަހުގެ ރޭ ރިލީޒްކުރާ ކްރިއޭޓިވް ނެޓްވޯރކްގެ އަލަތު ފިލްމު “ލިލީ”ގެ ކްރިއޭޓިވް ދައުވަތު ބަހަން ފަށައިފިއެވެ. އުފެއްދުންތެރި ތަފާތު މަސައްކަތެއް ފެނިގެންދާ މި ދައުވަތުތައް ލިބެމުން އަންނަ ފަރާތްތަކުން މީސް މީޑިއާގައި އާއްމުކުރަމުން އަންނަ ޕޯސްޓްތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
”ލިލީ“ގެ ދަޢުވަތުގައި ހިމެނެނީ ލިލީގެ ނަމާއި، ދަޢުވަތު ލިބޭ މީހާގެ ނަމާއި ލިލީ މާ ކަނޑާނަގާފައިވާ (އެންގްރޭވް ކޮށްފައިވާ) ފޮށްޓެކެވެ. ފޮށި ތެރޭގައި ”ލިލީ“ ފިލްމުގެ ވީއައިޕީ ފަސްޓް ކްލާސް ބޯޑިންގ ފާހަކާ ފިލްމާއި ގުޅޭ ’ކްލޫއެއް‘ ލިޔެލާފައިވާ ލިޔުންކޮޅެއް ހިމެނެއެވެ. މީގެ އިތުރުން ދިވެހިވަންތަ ދުފުމެއްގެ ސާމާނު ވެސް ފޮށިތެރޭގައި ހިމަނާފައިވެއެވެ.
@shaffessel Unboxing the Lily premiere night invitation, and wow… the creativity, the details, everything feels so special 🤍 @Creative Network #lily #film #premiere ♬ original sound – shaffessel
”ލިލީ“ ފިލްމުގެ ޕްރޮމޯޝަނަށް ކުރަމުން އަންނަ މަސައްކަތްތަކަކީ މީގެ ކުރިން ދިވެހި ފިލްމެއްގެ ޕްރޮމޯޝަނަށް ކޮށްފައިވާ ނުވާފަދަ އުފެއްދުންތެރި މަސައްކަތްތަކެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ނަން މަޝްހޫރު ފަރާތްތަކަށާއި ނޫސްވެރިންނަށް ލިލީ މާ ބެހުމާއި ފިލްމުގެ ނަން ހާމަކުރުމަށް ބޭއްވި އިވެންޓާއި، ޓްރެއިލާ ނެރުމަށް ބޭއްވި އިވެންޓްގެ އިތުރުންވެސް، މި ފިލްމުގެ އެކިއެކި ކަންކަން ކުރަމުން ގެންދަނީ ’ކްރިއޭޓިވް ނެޓްވޯރކް’ގެ ޒުވާން އުފެއްދުންތެރި ވިސްނުމާއެކު ތަފާތުތަކެއް ދައްކަމުންކަން ފާހަގަކޮށްލެވެއެވެ.
@vicky_vicked Title: Clue ?/200-Thundu Bindhunu Fansooru the effort Lily team continues to make, for the audience to have the most immersive experience for this movie, deserves so much love!!! can hardly wait for the premier 💗 @Creative Network @Az Han @Aicha Ali #xclusivevickycontent #fyp ♬ original sound – 𝗗𝗔𝗬𝗗𝗥𝗘𝗔𝗠𝗘𝗥.
ކްރިއޭޓިވް މީޑިއާގެ އަލަތު ފިލްމު ”ލިލީ“ގެ ޓިކެޓް މިހާރު އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ.
ފިލްމު ”ލިލީ“ގެ ޓިކެޓް 7505079 އަށް ވައިބާ ކުރައްވައިގެން ނުވަތަ https://book.lilythemovie.com އަށް ޒިޔާރަތް ކުރައްވައިގެން ވެސް ނެންގެވޭނެއެވެ.
މުހައްމަދު އަރީހް ޕްރޮޑިއުސް ކުރާ މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމްގެ އިތުރުން އަލީ ފާރޫގު ހިމެނެ އެވެ. ފިލްމުގެ މަންޒަރުތައް ނަގާދީފައިވަނީ ސަމާހު އިބްރާހިމް އެވެ. މިޔުޒިކްތައް ހަދާފައިވަނީ ހުަސައިން ތައުފީގު އެވެ. ލަވަތަކުގެ ޅެމާއި ރާގުތައް ހެދީ މުހައްމަދު އަބްދުލް ގަނީ އެވެ. މީގެ އިތުރުން ފިލްމުގެ އޮރިޖިނަލް ބެކްސްކޯ ތައްޔާރުކޮށްފައިވަނީ ފަތުހުالله ޝަކީލް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




