ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
އޯރިއޯ ކުކީ ބާކް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

🍽️ ތައްޔާރުކުރެވޭނެ މިންވަރު: 50 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

● 20 އައުންސްގެ 1 ޕެކެޓް އޯރިއޯ (ޗޮކްލެޓް ސޭންޑްވިޗް ކުކީސް)
● 18.5 އައުންސްގެ 2 ޕެކެޓް ވައިޓް ޗޮކްލެޓް

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ފުރަތަމަ 10×15 އިންޗީގެ ޓްރޭއެއްގައި ވެކްސް ޕޭޕަރު އެޅުމަށްފަހު، ތަތްނުލަވާ ކަހަލަ ކައްކާ ތެޔޮ ފޮދެއް (ނޮން-ސްޓިކް ވެޖިޓަބަލް ސްޕްރޭ) ކުޑަކޮށް އުނގުޅާލާފައި ބަހައްޓާށެވެ.

2 – ބޮޑު ތަށްޓެއްގެ ތެރެއަށް ކުކީސްތަކުގެ ދެބައިކުޅަ އެއްބައި އަޅައި، އަތުން ނުވަތަ ސަމުސަލަކުން މާ ބޮޑަށް ހިމުންނުވާނެހެން މުގުރާލާށެވެ.

3 – އަވަން ނުވަތަ މައިކްރޯވޭވްގައި ބޭނުންކުރެވޭ ކަހަލަ ބޯތަށްޓެއްގައި، އެއް ފެކެޓް ވައިޓް ޗޮކްލެޓް، އޭގެ ފެކެޓުގައިވާ އިރުޝާދާ އެއްގޮތަށް ދިޔާކޮށްލާށެވެ. ޗޮކްލެޓްކޮޅު ދިޔާވުމުން މައިކްރޯވޭވުން ނެގުމަށްފަހު، ކުރިން މުގުރާލި ކުކީސްކޮޅު އޭގެ ތެރެއަށް އަވަހަށް އަޅައި އެއްކޮށްލާށެވެ. ދެން މި މިކްސްޗަރު ތައްޔާރުކުރި ޓްރޭގެ ދެބައިކުޅަ އެއްބައިގައި ފަތުރާލާށެވެ.

4 – ބާކީ ހުރި ޗޮކްލެޓާއި ކުކީސް ބޭނުންކޮށްގެން މަތީގައިވާ ފިޔަވަޅުތައް ތަކުރާރުކޮށް، ޓްރޭގެ އަނެއް ބައިގައި ފަތުރާލާށެވެ. އެއަށްފަހު ގާތްގަނޑަކަށް 1 ގަޑިއިރު ވަންދެން ނުވަތަ ރަނގަޅަށް ހަރުވަންދެން ފްރިޖުގައި ބަހައްޓާށެވެ.

5 – ރަނގަޅަށް ހަރުވުމުން ޓްރޭއިން ނަގައި، އޭގައިވާ ވެކްސް ޕޭޕަރު މަޑުމަޑުން ނައްޓާލާށެވެ. އެއަށްފަހު ބޮޑު ވަޅިއެއް ބޭނުންކޮށްގެން ކުދި އެތިކޮޅުތަކަށް ކޮށާލާށެވެ. މިތަކެތި ރައްކާކުރާނީ ވައި ނުވަންނަ ކަހަލަ ތަށްޓެއްގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top