ވޯލްޑް ރިކޯޑްސްް މިއުޒިކް ސްޓޫޑިއޯއިން ނެރެމުން އަންނަ ތަފާތު އަދި ކޮލިޓީ ލަވަތަކުގެ ބޮޅަށް ދެން އެންމެ އަވަހަށް އިތުރުވެގެންދާނެ ވީޑިއޯ ލަވަ ކުޅޭނީ ސާމީ ޙުސައިން ދީދީ (ސާމީ) ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މި ލަވަ އަކީ ވޯލްޑް ރިކޯޑްސް އިން އުފައްދާ އެންމެ ފުރަތަމަ ވީޑިއޯ ލަވަ ކަން ވެސް ފާހަގަ ކޮށްލެވެއެވެ.
އިލްޔާސް ވަހީދު (އިއްލެ)ގެ ”ބިރުވެރި ވާހަކަ“ ސީރީޒުން ދިވެހި ފިލްމީ ދާއިރާގައި ވިދަން ފެށި ސާމީ ލީޑުން ފެނިގެންދާ މި ލަވަ އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

Screenshot
މަދޮޝިޕް ސްޓޫޑިއޯއިން 2021 ވަނަ އަހަރު އުފެއްދި ފިލްމު ”ފަރީ“ އިން ފިލްމީ ދާއިރާއަށް ފުރަތަމަ ފިޔަވަޅު އެޅި ސާމީ އަކީ މިއަދު ޑާކް ރެއިން އެންޓަޓެއިންމެންޓް އަދި އައިފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް އަދި އެއްކާފު ފަދަ ބޮޑެތި ސްޓޫޑިއޯތަކުގެ އުފެއްދުންތަކުން މަޤުބޫލުކަން ހޯދަމުން އަންނަ އުއްމީދީ ތަރިއެކެވެ.

ވޯލްޑް ރިކޯޑްސްްގެ މި ލަވައަކީ ސާމީގެ ފިލްމީ ހަޔާތުގައި ފެނިގެންދާނެ، އޭނާ ހަރަކާތްތެރިވާ ފުރަތަ އަމިއްލަ ވީޑިއޯ ލަވައެވެ. ސާމީ ބުނީ މި ލަވައަކީ މަޝްހޫރު މިއުޒިކް ސްޓޫޑިއޯ ސިމްބޮލިކް ރެކޯޑްސްގެ ފަންނާނު ޓޯއީ އަދި ވޯލްޑް ރެކޯޑްސްގެ ފަންނާނު ސައިފް ގުޅިގެން ކުރާ މަސައްކަތެއް ކަމަށެވެ.
”މި ލަވައަކީ އަހަރެންގެ ފުރަތަމަ އޮރިޖިނަލް ވީޑިއޯ ލަވަ. މި ލަވަ މަށަށް ވަރަށް މުހިންމު!
ލަވައިގެ ފުރަތަމަ ޑްރާފްޓް މިހާރު ވަނީ ހަދާފަ!”
– ކުރިއަރަމުން އަންނަ އެކްޓަރު ސާމީ
ސާާމީގެ މި ލަވަ ކިޔައިދޭނީ ދެ ފިރިހެން އާޓިސްޓުންގެ އިތުރަށް މުޅިން އަލަށް ތަޢާރަފުކުރެވޭ އަންހެން އާޓިސްޓެއް ކަމަށް ސާމީ ބުންޏެވެ.
”މިއީ ފަހުގެ ތާރީޚެއްގަ ވޯލްޑް ރިކޯޑްސްް އިން ހަދާ އެންމެ ވަރުގަދަ ސްޓޯރީ ސޯންގް!
މިއީ ޒުވާނުންނަށާ މުޖުތަމަޢަށް ޢިބްރަތެއް ލިބޭނެ ލަވައެއް!”
– ކުރިއަރަމުން އަންނަ އެކްޓަރު ސާމީ
ޒުވާނުންނަށް ކަމުދާ ފަދަ ވަރުގަދަ އަދި ސަޅި އުފެއްދުންތަކެއް ނެރެމުން އަންނަ ވޯލްޑް ރިކޯޑްސްްގެ މި މަސައްކަތާ މެދު ވެސް ސާމީ ދިނީ އުއްމީދީ ޖަވާބެކެވެ. މި ލަވައިގެ ފުރަތަމަ ޑްރާފްޓް މިހާރު ނިންމާލާފައިވާއިރު، ލަވަ ނެރުމަށް އަމާޒު ހިފާފައި ހުރީ މި އަހަރު ތެރޭގެ ތާރީޚެއްގައެވެ.

ލ. ދަނބިދުއަށް އުފަން، ސާމީ އަކީ ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ އުއްމީދީ ޒުވާނެކެވެ. އެގޮތުން މި ފަހުން ޑާކް ރެއިން އިން ގެނެސްދިން ވެބް ސީރީޒް ”މޫސުމް“ގެ ލީޑްގައި ސާމީ ދައްކާފައިވަނީ ހުނަރުވެރި އެކްޓިންއެކެވެ. މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ނެރުނު ކޯޕަރޭޓް ތުރިލާ އުފެއްދި އެއްކާފް ސުޓޫޑިއޯގެ ”ހިންތާ“ގައި ވެސް އޭނާ ދައްކާފައިވާ އެކްޓިންްއަށް ތަޢުރީފު ޙައްޤުވެއެވެ. ސާމީ ގެ ދެން އެންމެ އަވަހަށް ނިކުންނާނެ ވެބް ސީރީޒަކީ “ބަރުދާސްތު” އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




