ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައިފިލްމްސްގެ “ޕާޓީ” އިން ނުދައްކާވާހަކަ ދައްކަން ތައްޔާރުވަނީ

އައިފިލްމްސްގެ އަހަރީދުވަހު އެމީހުންގެ ކުރިއަށް އޮތް ޕްރޮކެކްޓް އިއުލާނުކޮށްފިއެވެ. މިފަހަރު އައިފިލްމްސް އިން އުފެއް‏ދުމަށް މަސައްކަތް ފަށާފައިވަނީ ފީޗާ ފިލްމު “ޕާޓީ” އެވެ. މިއީ ނުދައްކާ ވާހަކަ ދައްކަން ހަދާ ފިލްމެއް ކަމަށްވެސް އައިފިލްމްސް އިން ބުނެއެވެ.

ދިވެހި މުޖުތަމައުގައި  ހުރި ކަންކަމުން އިންސްޕަޔާވެގެން މިފަހަރު ގެނެސްދޭ މި ފިލްމުވެސް ލިޔެ ޑައިރެކްޓްކުރާނީ އިލްޔާސް ވަހީދު (އިއްލެ) އެވެ.

ފިލްމު “ޕާޓީ”ގެ ނަން ހާމަކުރުުމަށް މިއަދު އައިފިލްމްސްގެ މީސް މީޑިއާއަށް ދޫކޮށްލި ޕޯސްޓްގައި ބުނެފައިވަނީ މިއީ މުޖުތަމަޢުން ފެންނަ ކަންކަމުން އިންސްޕަޔާވެގެން އުފައްދާ ފިލްމެއް ކަމަށާ މީގައި ފެންނަ ކަންތައްތަކުގެ ސަބަބުން ތިބެވޭނީ ގޮނޑީގެ އަރިމަތީގައި ކަމަށެވެ.

އެންމެ ފަހުން އައިފިލްމްސް އިން ބެލުންތެރިންނަށް ގެނެސްދިނީ ފިލްމު “ލޯބިން…؟” އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top