ދިވެހި ފިލްމީ ގިނަ ފަންނާނުންތަކެއް ފެނިގެންދާ އައިފިލްމްސްގެ ”ބިރުވެރި ވާހަކަ“އިގެ ޓްރެއިލަރ އާއްމުކޮށް, ސީރީޒް ދައްކަން ފަށާނެ ތާރީޚު އިއުލާންކޮށްފި އެވެ. ސީރީޒް ރިލީޒް ކުރާނީ ޖޫން 03 ގައި ދިރާގު ޓީވީގެ އެވެ.
ބިރުވެރި އެތަކެއް ވާހަކަތަކެއް ކިޔައިދޭ މި ސީރީޒްގެ ޓްރެއިލަރއިން ފެންނަ މަންޒަރުތަކުން މި ސީރީޒަށް ކުރެވޭ އިންތިޒާރު އަނެއްކާވެސް އިތުރުވެގެންދެ އެވެ.
މިއަދު އާއްމުކުރި ޓްރެއިލަރގައި ފަސް ކޭސް ފައިލެއްގެ ވާހަކަ ނަތާޝާ ޖަލީލް ދައްކާއަޑު އިވެއެވެ. އަދި އެ ކޭސްތަކުގެ ކުރު ތަޢާރަފެއް ދެމުން އަންނައިރު، ކޮންމެ ކޭސް އެއްގެ ބައެއް މަންޒަރުތައް ފެނިގެންދެ އެވެ.
އައިފިލްމްސްގެ އުފެއްދުންތައް ލިޔެ ޑައިރެކްޓްކުރަމުން އަންނަ ހުނަރުވެރި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށްފައިވާ މި ސީރީޒުން ބޮޑު ކާސްޓެއް ފެންނާނެ އެވެ.
”ބިރުވެރި ވާހަކަ“ އިން ފެނިގެންދާ ތަރިންގެ ތެރޭގައި ޝަރަފް ޢަބްދުﷲ، ޔަމް، ވިޝާލް (ރޯމަން)، ތާތި، އަފްރާހް، ނުޒޫ، ސަރާ، ރިޝްމީ ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން މަރްޔަމް އައްޒަ، ޝާއިފް، ނަތާ، ރަވީ، އިފްނާޒް އަދި އިނާ ވެސް ވަރަށް ޚާއްޞަ ކެރެކްޓަރ ތަތަކުން ފެނިގެންދާނެ ކަމަށް އިއްލެ މުނިއަވަސް އަށް ބުންޏެވެ.
”ބިރުވެރި ވާހަކަ“އިން ފެންނަ މޮޅު މޭކަޕްތައް ހަދާފައިވަނީ ޒުވާން މޭކަޕް އާޓިސްޓް ރުޠުބާ އަޙްމަދު އެވެ. އެޑިޓްކުރީ އިލްޔާސް ވަހީދުގެ އިތުރުން މުޙައްމަދު ޢަބްދުލް ޣަނީ (ޑަމޯރ) އެވެ. މީގެ އިތުރުން ޕޯސްޓްޕްރޮޑަކްޝަން ހެދީވެސްވެސް ޑަމޯރ އެވެ. މިއުޒިކް ހެދީ ޙުސައިން ތަޢުފީޤް އެވެ.
އިއްލެ ޑައިރެކްޓްކޮށް ގެނެސްދޭ ”ބިރުވެރި ވާހަކަ“އިގެ ޕްރޮޑިއުސަރަކީ ފިލްމު ”ބަވަތި“، ”ނީނާ“ގެ އިތުރުން އައިފިލްމްސްގެ އުފެއްދުންތައް ޕްރޮޑިއުސްކުރަމުން އަންނަ ޒުވާން ޕްރޮޑިއުސަރ އާސިމް ޢަލީ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




