ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮޕީ ރައިޓްސް ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ

ކޮޕީރައިޓްސްއާއި ބެހޭ ޤާނޫނަށް ސަރުކާރުން ގެނައުމަށް ހުށަހަޅާއިފައިވާ އިސްލާހުތަކާއި ގުޅިގެން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

އެގޮތުން  މަޖިލީސް އިދާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 23/2010 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) އަށް އިސްލާހު ގެންނަން ހުށަހެޅި ބިލް އިގްތިސާދީ ކޮމިޓީން ދިރާސާ ކުރައްވާފައިވާއިރު، މި ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.

މި އިސްލާހުތަކާއި ގުޅިގެން އެއްވެސް ފަރާތެއްގެ ޚިޔާލެއް ވާނަމަ ޖުލައި 22ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން  ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮޕީރައިޓާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ  ނިލަންދޫ ދާއިރާގެ ޕީއެންސީ މެމްބަރު ފާތުމަތު ސައުދާއެވެ.

ސަރުކާރު ފަރާތުން އެ ޤާނޫނުގެ ދެވަނަ ބާބަށް 27 އިސްލާހެއް ހުށަހަޅާއިރު ތިންވަނަ ބާބުގެ ނަން އިސްލާހު ކުރުމާއިއެކު މާއްދާތަކަށް ޖުމްލަ 16 އިސްލާހެއް ވަނީ ހުށަހަޅާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top