ބޮލީވުޑްގެ މަޝްހޫރު ބަތަލު ރަންވީރު ސިންގއާއި ބަތަލާ އާލިއާ ބަޓް އަނެއްކާވެސް އެކުގައި ފިލްމަކުން ފެންނަން އުޅޭކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.
މިއީ ޒޯޔާ އަޚްތަރްގެ ”ގަލީ ބޯއީ“ އާއި ކަރަން ޖޯހަރްގެ ”ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ“ އަށްފަހު މި ދެތަރިން އެކުގައި ފެނިގެންދާނެ ތިންވަނަ ފިލްމެވެ. ކުރީގެ ދެ ފިލްމުގައި މި ދެތަރިންގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ކަމުގޮސްފައިވާއިރު މި ޚަބަރާއެކު މިދެތަރިންގެ ސަޕޯޓަރުން ދަނީ ކެތްމަދުވެފައިވާ ކަމަށް ބުނަމުންނެވެ. ފިލްމާއި ބެހޭ މާގިނަ މައުލޫމާތެއް އާންމުވެފައި ނުވާއިރު މި ފިލްމަށް ކިޔަނީ ”ޕްރަލާއި“ ކަމަށް ޚަބަރުތައް ބުނެއެވެ.
ޚަބަރުތައް ބުނާގޮތުން މި ފިލްމުގައި އާލިއާ ކުޅޭ ރޯލަކީ ފިލްމުގެ ވާހަކައިގެ އެންމެ މުހިންމު އެއް ބައެވެ. އަދި މީގައި އޭނާ ކުޅެނީ ރަންވީރުގެ ލޯބިވެރިއެއްގެ ރޯލު ނޫންކަމަށްވެސް ޚަބަރުތައް ބުނާއިރު މީގައި މިދެތަރިންގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާނެކަމަށް ވެއެވެ. ޖޭ މެހެތާ ޑައިރެކްޓްކުރާ މި ފިލްމަކީ ތުރިލާއެކެވެ.
”ދުރަންދަރް“ ގެ ކާމިޔާބީއާއެކު ރަންވީރަށް ފިލްމުތަކުން ފުރުސަތުތައް އޮހެމުން އަންނައިރު ”ދުރަންދަރް 2“ އަންނަ އަހަރުގެ މާރިޗު 19 ގައި ރިލީޒްކުރަން ވަނީ ތާވަލުކޮށްފައެވެ. އޭގެ އިތުރުން އާލިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ އަހަރު ޔަޝް ރާޖް ފިލްމްސްގެ ”އަލްފާ“ އިންނެވެ. އަދި ސަންޖޭ ލީލާ ބަންސާލީގެ ”ލަވް އެންޑް ވޯރ“ އިން އާލިއާ ފެނިގެންދާނީ ފިރިމީހާ ރަންބީރް ކަޕޫރްއާ އެކީގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 ޑިސެމްބަރ 2025ޚަބަރުސަންޖޭ ލީލާ ބަންސާލީގެ ”ލަވް އެންޑް ވޯރ“ ގެ ޝޫޓިން އަނެއްކާވެސް ލަސްވެއްޖެ
- 30 ޑިސެމްބަރ 2025ޚަބަރުޕްރަބާސްގެ ”ދަ ރާޖާސާބް“ ގެ ދެވަނަ ޓްރެއިލާ ވަރަށް ޝައުޤުވެރި
- 30 ޑިސެމްބަރ 2025ޚަބަރުއަނެއްކާވެސް ރަންވީރާއި އާލިއާ އެކުގައި
- 30 ޑިސެމްބަރ 2025ޚަބަރުބޮލީވުޑުން ހަދާ އެންމެ ބޮޑު ގޯހަކީ އަމިއްލަ ސަގާފަތް ދޫކޮށްލުން: ޝޭކަރް ކަޕޫރް




