ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑރ.އަޝްރަފް ދިވެހި ބަހުގެ އެކަޑަމީގެ ރައީސްކަމުން އިސްތިޢުފާދެއްވައިފި

ޑރ. އަޝްރަފް ޢަބްދުއްރަހީމް ދިވެހިބަހުގެ އެކަޑަމީގެ ރައީސްކަމުން އިސްތިޢުފާދެއްވައިފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ޑރ.އަޝްރަފް އިސްތިޢުފާދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަޝްރަފް އިސްތިޢުފާ ދެއްވި ސަބަބެއް އެނގިފައި ނުވާއިރު، އޭނާ ދިވެހިބަހުގެ އެކަޑަމީގެ ރައީސްގެ މަޤާމަށް އިންތިޚާބުކުރީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ.

ދިވެހިބަހުގެ އެކަޑަމީގައި ރައީސްގެ އިތުރުން ހަތަރު މެމްބަރުން ތިއްބަވާއިރު މި މެމްބަރުން ހޮއްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރައީސްއާއި ނައިބު ރައީސް ހޮވަނީ މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

މަޢުލޫމާތު ލިބޭގޮތުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އެ އެކަޑަމީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ސިޔާސީ ވެރިއެއްގެ ގޮތުގައި އެކަޑަމީ ހިންގުމަށް ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޗް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް އިބްރާހިމް ވަހީދު (އޮގަރު ވަހީދު) ވަނީ އައްޔަނުކުރައްވާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top